އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ސިޓީލާ ނީލަމުގައި ޕިކަޕެއް، ސައިކަލެއް ވިއްކާލުން

26 ފެބުރުއަރީ 2024     2 months ago


އިޢުލާން

 

ސިޓީލާ ނީލަމުގައި ޕިކަޕެއް، ސައިކަލެއް ވިއްކާލުން

            އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހުޅުދޫ އަވަށު އޮފީހުގައި ބޭނުންކުރަމުންދިޔަ ތިރީގައި ދަންނަވާ 2 ވެހިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:00 ގެ ކުރިން ޕިކަޕް ގަތުމަށް ބޭނުންވާ އަގު މި އިޢްލާނާއި އެކު އެޓޭޗްކުރެވިފައިވާ (NL04) ފޯމުން ހުށަހަޅަންވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 ފެބްރުވަރީ 2024 އިން 06  މާރިޗް 2024ގެ 12:00 ގެ ނިޔަލަށެވެ. (ސިޓީތައް އީމެއިލްގެ ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ.) ޕިކަޕް ގަތުމަށް ހުށަހަޅާ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 13:30 ގެ ފަހުން، ހުށަހެޅި އަގު އެނގޭ ގޮތަށް ހުޅުދޫ އަވަށު އޮފީހުގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވެހިކަލް ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 3 ދުވަހު އެކަށީގެންވާ އަގެއްގައި އޮވެއްޖެނަމަ، އެ ފަރާތެއްގެ ނަމުގައި ނީލަން ނިންމާލެވޭނެއެވެ.

#

ވެހިކަލްގެ މަޢްލޫމާތު

ނީލަންފެށޭ އަގު

އިތުރުކުރެވޭނެ އެންމެ ކުޑައަގު

1

 C1A1139 (1250kg ޕިކަޕް)

-/10000ރ

ފަހަރަކު  -/500ރ

2

1698A0B  ޑްރީމް ސައިކަލް

-/7000ރ

ފަހަރަކު  -/200ރ  

 

ވީމާ، މި ވެހިކަލްތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2024  ފެބްރުވަރީ 29، 28 މި 2 ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް ހުޅުދޫ އަވަށުއޮފީހަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.   ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

އީމެއިލް އެޑްރެސް: [email protected]

ފޯން: 6894728  / 6894655

15  ޝައުބާން 1445

25  ފެބްރުވަރީ 2024   



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6A/426/2024/8

ޕަބްލިޝް ކުރި ތާރީޚް: 26-02-2024

ސުންގަޑި: 2024-03-06 13:30:00