އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މަގުހުރަސްވާގޮތަށް ބޮކި ދަނޑި ތަކުގައި ކެމްޕެއިން ބޭނާތަކާއި ވައު އެއްސުން ހުއްޓުވުމާއި ގުޅޭ

6 އެޕްރީލް 2024     3 weeks ago


އިޢުލާން

 

މަަގުހުރަސްވާގޮތަށް ބޮކި ދަނޑި ތަކުގައި ކެމްޕެއިން ބޭނާތަކާއި ވައު އެއްސުން ހުއްޓުވުމާއި ގުޅޭ.


އައްޑޫސިޓީގެ އަވަށްތަކުގައި މަގުބައްތި ހަރުކޮށްފައިވާ ހޮޅި ދަނޑިތަކުގައި، ކެމްޕެއިން ބެނާތަކާއި ދިދަފަތިތައް ދެމުމަށް ވައު އެއްސުމަކީ  ކުރީއްސުރެވެސް މަނާކުރެވިފައިވާ ކަމެކެވެ.  މިސިޓީގެ މަގު ހެދުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާ އެފްކޮންސްގެ ފަރާތުން އަލައް ޖަހަމުން އަންނަ މަގުބައްތިތަކުގައިވެސް ވައު އައްސައި ކެމްޕެއިން ބެނާތައް ހަރުކުރަމުން ދާކަމުގެ ޝަކުވާ މި އިދާރާ އަށް ލިބެމުންދާތީވެ، އެފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާ އިޢުލާން ކުރަމެވެ.

ވީމާ، މިދެންނެވިފަދަ ގޮތަށް މަގުބައްތި ތަކުގައި ބެނާތަކާއި ދިދަފަތިތަށް ހަރުކުރުމަށް ވައު އައްސާފައިވާ ފަރާތްތަކުން އެފަދަ ތަކެތި 08 އޭޕްރީލް 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ނެގުމަށް ދެންނެވީމެވެ. މިމުއްދަތުގެ ފަހުން މަގު ބައްތި ތަކުގައި މަގު ހުރަސް ވާގޮތަށާއި ދިދަފަތި ދެމުމަށް އައްސާފައިވާ ވައުތައް ނައްޓާލެވޭނެ ވާހަކަ ދަންނަވަމެވެ.

27 ރަމަޟާން 1445

06 އެޕްރީލް 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2024/146

ޕަބްލިޝް ކުރި ތާރީޚް: 06-04-2024

ސުންގަޑި: 2024-04-08 12:00:00