އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - "އައްޑޫ އީދިސަމާ 1445" ހަރަކާތްތަކުގެ ތެރެއިން ބޮޑުމަސް އަދި ސަޤާފީ ހަރަކާތްތައް ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް

13 މޭއި 2024     2 months ago


އިޢުލާން

 

"އައްޑޫ އީދިސަމާ 1445" ހަރަކާތްތަކުގެ ތެރެއިން ބޮޑުމަސް އަދި ސަޤާފީ ހަރަކާތްތައް ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް

 

                  1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 22 ޖޫން 2024ގެ ނިޔަލަށް 7 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

                  އެގޮތުން ޢީދު  ފާހަގަ ކުރުމަށް 17 ޖޫން 2024 ވާ ހޯމަ ދުވަހުގެރޭ ކައުންސިލުން އިންތިޒާމުކުރާ ބޮޑުމަސް އަދި ސަޤާފީ ހަރަކާތްތައް ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތައް ހޯދުމަށް މިއިދާރާއިން ބޭނުންވެއެވެ. މިހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 މޭ 2024 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އީމެއިލް [email protected]  އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިޢިއުލާނާއި ގުޅިގެން 4 ފަރާތައްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވައިފިނަމަ، އިވެންޓް ހުށަހަޅާނެ ފަރާތެއް ނިންމާނީ ހުށަހެޅި ހުށަހެޅުންތަކަށްބަލައި މިއިދާރާއިންނެވެ.
                 
                 މިހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

05 ޒުލްޤައިދާ 1445

13   މޭ   2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2024/189

ޕަބްލިޝް ކުރި ތާރީޚް: 13-05-2024

ސުންގަޑި: 2024-05-19 14:00:00