އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން- އައްޑޫގައި ޤާއިމުވެފައިވާ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރި ކުރާ ތަންތަން ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތް

13 މޭއި 2024     2 months ago


އިޢުލާން
 

"އައްޑޫ އީދިސަމާ 1445" ހަރަކާތްތަކުގެ ތެރެއިން އައްޑޫސިޓީގައި ޤާއިމުވެފައިވާ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރި ކުރާ ތަންތަން ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތް
 

                  1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 22 ޖޫން 2024ގެ ނިޔަލަށް 7 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

                  އެގޮތުން ޢީދުގެ މުނާސަބަތުގައި އައްޑޫސިޓީ ކައުންސިލުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ  މުއައްސަސާތަކާއި އަމިއްލަ ވިޔަފާރި ކުރާ ތަންތަނަށް ޚާއްސަކޮށްގެން ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ވަނަތަކަށް ހަމަޖެހިފައިވަނީ:
1 ވަނަ އިނާމު: 10،000 ރުފިޔާގެ ފާއިސާގެ އިނާމް
2 ވަނަ އިނާމު: 7،500 ރުފިޔާގެ ފާއިސާގެ އިނާމް
3 ވަނަ އިނާމު: 5،000 ރުފިޔާގެ ފާއިސާގެ އިނާމް

މުބާރާތުގައި ބައިވެރިވުމުގެ އުސޫލު:

  1. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ މުއައްސަސާއެއް ނުވަތަ ވިޔަފާރިކުރާ ތަނެއްގެ ދޮރުމައްޗަށްވާ ސަރަހައްދު ރައްޔިތުންނަށް ފެންނާނެހެން، ރާއްޖޭގެ ޢީދުގެ ސަގާފަތާއި، އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކުރަންވާނެއެވެ.
  2. މުބާރާތުގައި ބައިވެރިވުމަށް މިއިޢުލާނުގައިވާ ގޫގުލް ފޯމް މެދުވެރިކޮށް، ޒީނަތްތެރިކޮށްފައިވާ ތަނުގެ ފޮޓޯ ހުށަހަޅަންވާނެއެވެ. ހުށަހެޅޭ ހުރިހާ ފޮޓޯއެއްވެސް ހުންނަންވާނީ ލޭންޑްސްކޭޕްކޮށެވެ.
  3. އޮފީހެއް ނުވަތަ ވިޔަފާރިކުރާ ތަނަކުން ފޮނުވާ ފޮޓޯ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި 18 ޖޫން 2024 ވާ އަންގާރަ ދުވަހު ހިއްސާކުރެވޭނެއެވެ.
  4. މި މުބާރާތުގެ ވަނަތައް ވަޒަންކުރެވޭނީ މީސްމީޑިއާގައި ލިބޭ ލައިކް އަދި ހާރޓް ރިއެކްޓްތަކަށް 80 އިންސައްތަ މާރކްސް އަދި ފަނޑިޔާރުންގެ ޕެނަލްގެ 20 އިންސައްތަ މާރކްސް އަށް ބަލައިގެންނެވެ. 
  5. މީސްމީޑީއާ އިން ލިބޭ ރިއެކްޓްތައް ބަލައިގަނެވޭނީ 21 ވާ ހުކުރު ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
  6. އެންމެ ގިނަ ލައިކް އަދި ހާރޓް ރިއެކްޓް ލިބޭ 10 ފަރާތެއް ހޮވާ، ފަނޑިޔާރުންގެ ޕެނަލުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވާލެވޭނެއެވެ.
  7. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 17 ޖޫން 2024 ވާ ހޯމަ ދުވަހު ރޭގަނޑު 22:00ގެ ނިޔަލަށެވެ.
  8. މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 23 ޖޫން 2024 ގައެވެ.  
  9. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މުއައްސަސާތައް ނުވަތަ ވިޔަފާރިކުރާ ތަން ދިއްލާ ޒީނަތްތެރި ކުރެވިފައިވޭތޯ އެއަވަށެއްގެ އަވަށު އޮފީހުން ބަލައި ޔަގީން ކުރެވިގެންދާނެއެވެ.

ގޫގުލް ފޯމް:   https://forms.gle/Cp5X3kK7vWv7DjSk8
          
މިމުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

05 ޒުލްޤައިދާ 1445

13   މޭ   2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2024/188

ޕަބްލިޝް ކުރި ތާރީޚް: 13-05-2024

ސުންގަޑި: 2024-06-17 22:00:00