އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - "އައްޑޫ އީދިސަމާ 1445" ހަރަކާތްތަކުގެ ތެރެއިން ސޯޝަލް މީޑިއާ ވީޑިއޯ މުބާރާތް

13 މޭއި 2024     2 months ago


އިޢުލާން
 

"އައްޑޫ އީދިސަމާ 1445" ހަރަކާތްތަކުގެ ތެރެއިން ސޯޝަލް މީޑިއާ ވީޑިއޯ މުބާރާތް
 

                  1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 23 ޖޫން 2024ގެ ނިޔަލަށް 8 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

                  އެގޮތުން ޢީދުގެ މުނާސަބަތުގައި އައްޑޫސިޓީ ކައުންސިލުން އައްޑޫސިޓީގެ ރައްޔަތުންނަށާއި އައްޑޫސިޓީއަށް ޒިޔާރަތްކުރާ ހުރިހާ ބޭފުޅުންނަށް ބައިވެރިވާނެހެން މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ ވަނަތަކަށް ހަމަޖެހިފައިވަނީ:
1 ވަނަ އިނާމު: 7,000 ރުފިޔާގެ ފާއިސާގެ އިނާމް
2 ވަނަ އިނާމު: 5,000 ރުފިޔާގެ ފާއިސާގެ އިނާމް
3 ވަނަ އިނާމު: 3,000 ރުފިޔާގެ ފާއިސާގެ އިނާމް

މުބާރާތުގައި ބައިވެރިވުމުގެ އުސޫލު:

  1. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ވީޑިއޯއެވެ.
  2. މުބާރާތުގައި ބައިވެރިވުމަށް އައްޑޫ ސިޓީގައި ޢީދު ފާހަނގަ ކުރާމަންޒަރު ދައްކުވައިދޭ ވީޑީއޯ/ރީލް ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.  
  3. މުބާރާތުގައި ބައިވެރިވާ ބައިވެރިން ފޮނުވާ ވީޑިއޯ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި 23 ޖޫން 2024 ވާ އާދީއްތަ ދުވަހު ހިއްސާކުރެވޭނެއެވެ.
  4. މި މުބާރާތުގެ ވަނަތައް ވަޒަންކުރެވޭނީ ސޯޝަލް މީޑިއާގައި ލިބޭ ލައިކް އަދި ހާރޓް ރިއެކްޓްތަކަށް 80 އިންސައްތަ މާރކްސް އަދި ފަނޑިޔާރުންގެ ޕެނަލްގެ 20 އިންސައްތަ މާރކްސް އަށް ބަލައިގެންނެވެ. 
  5. މީސްމީޑީއާ އިން ލިބޭ ރިއެކްޓްތައް ބަލައިގަނެވޭނީ 24 ޖޫން 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
  6. އެންމެ ގިނަ ލައިކް އަދި ހާރޓް ރިއެކްޓް ލިބޭ 10 ފަރާތެއް ހޮވާ، ފަނޑިޔާރުންގެ ޕެނަލުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވާލެވޭނެއެވެ.
  7. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 23 ޖޫން 2024 ވާ ހޯމަ ދުވަހު ރޭގަނޑު 22:00ގެ ނިޔަލަށެވެ.
  8. މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 25 ޖޫން 2024 ގައެވެ.

  

ގޫގުލް ފޯމް: https://forms.gle/6L2ZUTS65UQ2n2Bx5
           މިމުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

05 ޒުލްޤައިދާ 1445

13   މޭ   2024



ބާވަތް: އިއުލާން

ނަންބަރ: 426-AB/426/2024/16

ޕަބްލިޝް ކުރި ތާރީޚް: 13-05-2024

ސުންގަޑި: 2024-05-23 22:00:00