އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ދަނޑުބިން ކުއްޔަށް ހިފުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ފަރާތްތަކާ ގުޅޭ

15 މޭއި 2024     2 months ago


އިޢުލާން

 

ދަނޑުބިން ކުއްޔަށް ހިފުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ފަރާތްތަކާ ގުޅޭ

 

   ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުޞޫލު އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށް، އެއުޞޫލު 14 މޭ 2024 ގައި މިއިދާރާގެ ނަންބަރު: (IUL)426-AB/426/2024/195 އިޢުލާނާއެކު ޝާއިޢުކުރެވިފައި ވުމާއެކު، ދަނޑުބިން ކުއްޔަށް ދިނުމުގައި ޢަމަލުކުރާނީ އެއުޞޫލުގައިވާ ގޮތުގެ މަތީންކަން އެންމެ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

   މިގޮތުން، ބުނެވިދިޔަ އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ދަނޑުބިންތަކުގެ ތެރެއިން މުއްދަތު ހަމަނުވާ އެއްބަސްވުންތައް އުޞޫލުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެއުޞޫލަށް ޢަމަލުކުރަން ފަށާތާ 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ބާޠިލުވާނެކަމަށް އުޞޫލުގައި ކަނޑައަޅާފައިވާތީ، އުޞޫލުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެފަދަ ދަނޑުބިންތަކުގެ އެއްބަސްވުންތައް އަލުން ކައުންސިލާއެކު އެކުލަވާލުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދި ދަނޑުބިން ކުއްޔަށް ދޫކުރުމަށް އެފަރާތާއި ކައުންސިލާއެކު ވެފައިވާ އެއްބަސްވުމާއި އެފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއެކު، މިއަދުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

   އަދި އުޞޫލުގައިވާ ގޮތުގެމަތިން އެއްބަސްވުން އަލުން އެކުލަވާލުމަށް ހުށަހަޅާފައިނުވާނަމަ، އެފަދަ އެންމެހައި އެއްބަސްވުންތައް އުޞޫލުގައިވާ ގޮތުގެ މަތީން 03 (ތިނެއް) މަސް ދުވަސް ހަމަވުމާއެކު، ބާޠިލުވާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

   ވީމާ، މިވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

07 ޒުލްޤަޢިދާ 1445

15   މެއި  2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2024/196

ޕަބްލިޝް ކުރި ތާރީޚް: 15-05-2024

ސުންގަޑި: 2024-08-15 12:59:00