އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ސްޓޯލް / ކެންޓީން ހިންގުމަށް ޝައުގުރުވެރިވާ ފަރާތެއް ހޯދުމަށް

15 މޭއި 2024     2 months ago


އިޢުލާން
 

"އައްޑޫ ޢީދިސަމާ 1445" ހަރަކާތްތަކުގެ ތެރެއިން ކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތްތައް ކުރިޔަށްދާ ވަގުތު ސްޓޯލް / ކެންޓީން ހިންގުމަށް ޝައުގުރުވެރިވާ ފަރާތެއް ހޯދުމަށް

 

                 1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 22 ޖޫން 2024ގެ ނިޔަލަށް 7 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

         އެގޮތުން ޢީދުގެ މުނާސަބަތުގައި މިކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތްތައް ކުރިޔަށްދާ ވަގުތު އެސަރަހައްދުތަކުގައި ސްޓޯލް / ކެންޓީން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ ގޫގަލް ފޯމް 23 މޭއި 2024ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކުރުމަށް އެދެމެވެ. މި އިޢުލާނަށް އެއް ފަރާތައްވުރެ ގިނަފަރާތްތަކުން ހުށަހެޅުން ހުށަހަޅާއިފިނަމަ، ހަރަކާތުގައި ސްޓޯލް / ކެންޓީން ހިންގާނެ ފަރާތެއް ނިންމާނީ ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުންތަކަށް ބަލައި މިއިދާރާއިންނެވެ.                    
                މިހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ފޯމު: https://forms.gle/CA7FzxunTq7AzpHR9

05 ޒުލްޤައިދާ 1445

15   މޭ   2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2024/198

ޕަބްލިޝް ކުރި ތާރީޚް: 15-05-2024

ސުންގަޑި: 2024-05-23 14:00:00