އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ކަދުރުބެހުމާއި ގުޅޭ

16 މޭއި 2024     1 month ago


އިޢުލާން


ކަދުރުބެހުމާއި ގުޅޭ

1445 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން ހިތަދޫއަށް ލިބިފައިވާ ކަދުރު، 19 މޭ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން ބެހުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، 1445 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ބޮލަކަށް 02 ކިލޯ ކަދުރު ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ކިލޯ ކަދުރެވެ.

1445 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ގޭބިސީތަކަށް ކަދުރު ބެހުން އޮންނާނީ 19 މޭ 2024 އިން 23 މޭ 2024 ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ 09:00 އިން 14:00 އަށެވެ. އަދި 26 މޭ 2024 އިން ފެށިގެން ރަސްމީ ދުވަސްތަކުގެ 09:00 އިން 14:00 އަށް ހިތަދޫގައި މީހުން ދިރިއުޅޭ ގޭބިސީތަކަށް ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކަދުރު ހުސްވަންދެން ބެހޭނެއެވެ.

ވީމާ، މިގަޑިތަކުގައި ކަދުރާއި ހަވާލުވުމަށް، ހަވާލުވާ ފަރާތުގެ އައިޑީ ކާޑާއިއެކު ހިތަދޫ އަވަށު އޮފީހުގެ ކުރީގެ އިމާރާތަށް ވަޑައިގެން ދެއްވުން އެދެމެވެ.

08  ޛުލްޤައިދާ   1445

16      މޭ      2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2024/200

ޕަބްލިޝް ކުރި ތާރީޚް: 16-05-2024

ސުންގަޑި: 2024-05-23 14:00:00