އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2018 އޮބްޒަރވަރުންނަށް ފުރުސަތު ހުޅުވާލުން

13 ނޮވެމްބަރ 2018     5 years ago


އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2018

 

29 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒަރވް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި އިދާރާތަކަށް އެ ފުރުސަތު ހުޅުވާލައިފީމެވެ.

            މިއިންތިޚާބު އޮބްޒަރވް ކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން

2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހަކު ކަމުގައި ނުވުން

3. މަދަނީ ޖަމްއިއްޔާތަކުން ނުވަތަ އަމިއްލަ ގޮތުން ހުށަހަޅާ ފަރާތެއްނަމަ ސިޔާސީ ޕާޓީއެއްގައި އެމީހެއްގެ ނަން ހިމެނިފައިވާ މީހެއް ކަމުގައި ނުވުން

4. އިންތިޚާބުގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެގެން ހުރި އޮފިޝަލެއް ކަމުގައި ނުވުން

            ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒަރވް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި އިދާރާތަކުން، އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެތަކެތި، މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒަރވް ކުރުމަށް ޝައުޤުވެރިވާ އިދާރާތަކަށް ފާސް ދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ފާހުގެ ޢަދަދު އިތުރުނުވާ ގޮތެއްގެ މަތިންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮބްޒަރވް ކުރުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:30 އަށް، މި އިދާރާއިންނެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

30   ރަބީޢުލް އައްވަލު  1440

08   ނޮވެންބަރ 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2018/88

ޕަބްލިޝް ކުރި ތާރީޚް: 13-11-2018

ސުންގަޑި: 2018-11-25 13:30:00