އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމާއި ގުޅޭ

20 މޭއި 2024     1 month ago


އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމާއި ގުޅޭ.

ދިވެހިރާއްޖޭގެ ޒަކާތުހައުސްއިން އެކުލަވާލައި 08 މޭ 2024 ވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލާއި އެއްގޮތަށް ފަޤީރުންނާއި މިސްކީނުގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދިލައްވާ ފަރާތްތަކަށް އެފުރުޞަތު 19 މޭ 2024 އިން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.

މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މިއަހަރުގެ މުދަލުޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، ދެންނެވިފައިވާ ތާރީޚުގެކުރިން، ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް 20 މޭ 2024 އިން ފެށިގެން ހިތަދޫ އަވަށު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

12 ޛުލްޤައިދާ 1445

20 މޭ 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2024/208

ޕަބްލިޝް ކުރި ތާރީޚް: 20-05-2024

ސުންގަޑި: 2024-05-20 14:00:00