އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި

22 މޭއި 2024     2 months ago


އިޢުލާން
 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި:

                  2024 މެއި 08 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލާއި އެއްގޮތަށް، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދިލައްވާ ފަރާތްތަކަށް އެފުރުޞަތު 20 މެއި 2024 ވަނަދުވަހުން ފެށިގެން 08 ޖޫން 2024 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

                  މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖްރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މިއަހަރުގެ މުދަލުގެ ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

                  ވީމާ، ދެންނެވިފައިވާ ތާރީޚްގެ ކުރިން ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދިލައްވާ ފަރާތްތަކުން، ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 06 ޖޫން 2024 ވަނަ ދުވަހުގެ 14:00ގެ ކުރިން މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

14 ޛުލްޤަޢިދާ 1445

22 މެއި 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2024/210

ޕަބްލިޝް ކުރި ތާރީޚް: 22-05-2024

ސުންގަޑި: 2024-06-06 14:00:00