އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަވަށުކޮމިޓީގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

14 ނޮވެމްބަރ 2018     5 years ago


އިޢުލާން

 

އައްޑޫސިޓީ ކައުންސިލްގެ އަވަށު މަޝްވަރާ ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް އެދި 5 ނޮވެމްބަރ 2018 ގައި މި އިދާރާއިން ކުރި  ނަމްބަރ  (IUL)426-AB/426/2018/86 އިއުލާންގެ މުއްދަތު ހަމަވިއިރު މިކަމަށް ޝައުގުވެރިވާ އިތުރު ފަރާތްތަކެއް ތިބިކަން ފާހަގަވާތީ އެފުރުސަތު އަލުން ހުޅުވާލަމެވެ.

 

މި ފުރުސަތު އަލުން ހުޅުވާލުމާއި ގުޅިގެން ކުރިން މިކޮމިޓީގައި ބައިވެރިވުމަށް އެދި، ސިޓީ ނުވަތަ މެއިލް ފޮނުވާފައިވާ ފަރާތްތަކުން އަލުން ކޮމިޓީގައި ބައިވެރިވާން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.

 

ކޮމެޓީ އުފެއްދި މަޤްޞަދު:

މި ކޮމެޓީތައް އުފެއްދުމުގެ މަޤްޞަދަކީ ކައުންސިލުން ސިޔާސަތު އެކުލަވާލުމުގައި ވީހާވެސް ގާތުން ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދޭނޭ ނިޒާމެއް ގާއިމްކުރުމާއި، ވަކިވަކި ދާއިރާތަކަށް ބޭނުންޖެހިފައިވާ ކަންތައްތައް ދެނެގަތުމާއި، ކައުންސިލުން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށް މަގު ފަހިކުރުމާއި، އަދި އަވަށު ފެންވަރުގައި ބަސްކިޔޭނޭ ނިޒާމެއް ގާއިމްކުރުމެވެ.

ކޮމެޓީތައް އެކުލެވިގެންވާ ގޮތް:

އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ، އަދި މީދޫ މިއިން ކޮންމެ އަވަށެއްގައި އަވަށު މަޝްވަރާ ކޮމެޓީއެއް އުފައްދަން ކައުންސިލުންވަނީ ނިންމާފައެވެ. ކޮމެޓީތަކުގައި ތިއްބަވާނީ ގިނަވެގެން 15 މެމްބަރުންނެވެ. އަދި މަދުވެގެން 7 މެމްބަރުންނެވެ.

ކޮމެޓީތަކަށް މެމްބަރުން ނެގޭނެ ދާއިރާތައް

ކޮމެޓީތައް ރައްޔިތުންގެ ބައިވެރިވުމާއިއެކު ހިންގުމަށްޓަކައި މެމްބަރުން ނެގޭނީ އަންނަނިވި ދާއިރާތަކުންނެވެ. އެގޮތުން:-

  1. އިޤްތިސާދީ ދާއިރާ
  2. ޞިއްޙަތާއި މުޖުތަމައުގެ ދާއިރާ
  3. ތަޢުލީމާއި މުއާސަލާތުގެ ދާއިރާ
  4. ތިމާވެއްޓާއި ޔުޓިލިޓީސްގެ ދާއިރާ
  5. ޢުމްރާނީއާއި ތަރައްޤީގެ ދާއިރާ

ކޮމެޓީތަކަށް ކުރިމަތިލުން

އައްޑޫސިޓީގެ އަވަށު މަޝްވަރާ ކޮމެޓީތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާނަމަ ސިޓީއަކުން އައްޑޫސިޓީ ކައުންސިލްގެ އަވަށު އޮފީސްތަކަށް ނުވަތަ [email protected] މެއިލް އެޑްރަހަށް ފޮނުއްވައި ދެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ކޮމެޓީތަކަށް މެމްބަރުން ނަގާ ދާއިރާތަކާއި ގުޅުން ހުރިކަން އަންގައިދޭ ލިޔުން.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

މުއްދަތު

އަވަށު މަޝްވަރާ ކޮމެޓީގައި ބައިވެރިވުމަށް ހުށަހެޅުމުގެ ސުންގަޑި އަކީ 21 ނޮވެމްބަރު 2018 ގެ 14:00 ގެ ނިޔަލަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި މި ވާހަކަ ދެންނެވީމެވެ.

 

06 ރަބީޢުލްއައްވަލް 1440

14  ނޮވެމްބަރ  2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2018/90

ޕަބްލިޝް ކުރި ތާރީޚް: 14-11-2018

ސުންގަޑި: 2018-11-21 14:00:00