އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ޢީދި ސަމާ 1445 ވަނަ އަހަރުގެ ބައިބަލާ މުބާރާތާއި ގުޅޭ

26 މޭއި 2024     2 months ago


އިޢުލާން


ބައިބަލާ މުބާރާތާއި ގުޅޭ:

އައްޑޫސިޓީ ކައުންސިލުން އަޟްހާ ޢީދާއި ގުޅިގެން މުޅިސިޓީއަށް ހުޅުވާލައިގެން ބޭއްވޭ "އައްޑޫ ޢީދި ސަމާ 1445" ގެ ތެރެއިން ބައިބަލާ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ  ސަރުކާރުގެ އިދާރާތަކާއި، މުވައްސަސާތައް އަދި ޖަމިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެން، ހިތަދޫ އިޖުތިމާޢީ މަރުކަޒުގެ ގޯތި ތެރޭގައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ކުރިން މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. "އައްޑޫ ޢީދި ސަމާ 1445" އިތުރަށް ކުލަގަދަކުރުމަށްޓަކައި އައްޑޫގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

18 ޛުލްޤަޢިދާ 1445

26 މެއި    2024



ބާވަތް: އިއުލާން

ނަންބަރ: HCC/IU/2024/0013

ޕަބްލިޝް ކުރި ތާރީޚް: 26-05-2024

ސުންގަޑި: 2024-05-30 02:00:00