އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ބަންޑާރަ ގޯތި ލިބޭ ފަރާތާއި ކައުންސިލާ ދެމެދު އެކުލަވާލަން ޖެހޭ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ޑްރާފްޓް ޢާންމުކުރުމާ ގުޅޭ

12 ޖޫން 2024     1 year ago


އިޢުލާން
 

ބަންޑާރަ ގޯތި ލިބޭ ފަރާތާއި ކައުންސިލާ ދެމެދު އެކުލަވާލަން ޖެހޭ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ޑްރާފްޓް ޢާންމުކުރުމާ ގުޅޭ    

      އައްޑޫސިޓީ ކައުންސިލްގެ އިދާރާ (ގޯތި ދޫކުރާފަރާތް) އަދި ގޯތި ލިބޭފަރާތާ ދެމެދު އެކުލަވާލަން ޖެހޭ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ޑްރާފްޓް އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރު426-B(4)/2024/047  (29 މެއި 2024) ނިންމުމުން ފާސްކޮށްފައިވާތީ، ގޯތި ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާ ކުރިއަށް ގެންދާހިނދު، ގޯތި ލިބޭ ފަރާތްތަކަށް ދުރާލާ އެއްބަސްވުން ކިޔައި ތައްޔާރުވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ފާސްކޮށްފައިވާ އެއްބަސްވުމުގެ ޑްރާފްޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށް، އެކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

      ވީމާ، ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުން ގޯތީގެ އެއްބަސްވުމުގައި ސޮއިކުރައްވަން ވަޑައިގަންނަވާއިރު، މިއިޢުލާނާއެކު ޝާއިޢުކޮށްފައިވާ އެއްބަސްވުން ބައްލަވައިލެއްވުމަށްފަހު ވަޑައިގެންނެވުމަށް މިއިދާރާއިން އިލްތިމާޞްކުރަމެވެ.


06 ޛުލްޙިއްޖާ 1445

12 ޖޫން 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2024/243

ޕަބްލިޝް ކުރި ތާރީޚް: 12-06-2024

ސުންގަޑި: 2024-06-13 14:00:00