އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ގަން އިޖްތިމާޢީމަރުކަޒުގައި ހުރި ބައުތަކެތި ނީލަން ކިއުމާއިބެހޭ

2 ޖުލައި 2024     3 weeks ago


އިޢުލާން

 

ގަން އިޖްތިމާޢީމަރުކަޒުގައި ހުރި ބައުތަކެތި ނީލަން ކިއުމާއިބެހޭ              

          ގަން އިޖްތިމާޢީމަރުކަޒުގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ގަން އިޖްތިމާޢީމަރުކަޒުގައެވެ.

           ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2024 ޖުލައި 09 އަދި 10 މިދެދުވަހުގެ ހެނދުނު 9:00 އިން 10:00 އަށް ގަން އިޖްތިމާޢީމަރުކަޒަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު 01  ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

           ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 11 ޖުލައި 2024ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަށް ގަން އިޖްތިމާޢީ މަރުކަޒަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.


26 ޛުލްޙިއްޖާ 1445

02 ޖުލައި 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4A/426/2024/265

ޕަބްލިޝް ކުރި ތާރީޚް: 02-07-2024

ސުންގަޑި: 2024-07-11 09:00:00