އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ރައްޔިތުންގެ ބައްދަލުވުން

15 ޖުލައި 2024     15 hours ago


އިޢުލާން

ރައްޔިތުންގެ ބައްދަލުވުން


        ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ107  ވަނަ މާއްދާގައި ވާގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން 28 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެރޭ 8:30 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހޯލުގައި އޮންނާނެއެވެ.ް މި ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ވާޗުއަލްކޮށް ބައިވެރިވުމަށް ބޭނުންވާ ލިންކް މިއިދަރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

        މި ބައްދަލުވުމަކީ ކުރިޔަށްއޮތް އަހަރަށް ކައުންސިލްގެ ބަޖެޓްގައި ހިމަނަންޖެހޭ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވޭ ބައްދަލުވުމެކެވެ. ވީމާ، މިބައްދަލުވުމުގައި ވީހާ ގިނަބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ.
 

09 މުޙައްރަމް 1446

15 ޖުލައި 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2024/284

ޕަބްލިޝް ކުރި ތާރީޚް: 15-07-2024

ސުންގަޑި: 2024-07-17 14:00:00