އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ވޮލީ ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އާއި ގުޅޭ

28 ޖުލައި 2024     1 year ago


އިޢުލާން
 

 ވޮލީ ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އާއި ގުޅޭ.

        ފޭދޫ އަވަށު އޮފީހާއި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި އައްޑޫ ސިޓީ ވޮލީ ރެފްރީން ގުޅިގެން 30  ޖުލައި 2024 އިން 9 އޮގަސްޓް 2024 އަށް މިއަވަށުގައި ވޮލީ ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މުޅި ސިޓީއަށް ހުޅުވާލައިގެން 40 ބައިވެރިންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، މިކޯހުގައި ބައިވެރިވެވޭނީ 16 އަހަރާއި 35 ދެމެދުގެ މީހުންނަށެވެ. އަދި ގްރޭޑް 10 ނިމިފައި ވުން ޝަރުތުކުރެވިފައިވެއެވެ. މިކޯހުގައި ކިޔަވައި ދެއްވާނީ އިނގިރޭސި ބަހުންނެވެ.

         ވީމާ، ވޮލީ ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ 16 އަހަރާއި 35 އަހަރާދެމެދުގެ ފަރާތްތަކުން 29 ޖުލައި 2024 ވާ ހޯމަ ދުވަހު 13:30 ކުރިން ފޭދޫ އަވަށު އޮފީހުގައި ނަން ނޯޓު ކުރުމަށް ދަންނަވަމެވެ.

                        

22 މުޙައްރަމް 1446

28 ޖުލައި 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2024/316

ޕަބްލިޝް ކުރި ތާރީޚް: 28-07-2024

ސުންގަޑި: 2024-07-29 13:30:00