އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހިތަދޫ އަވަށްތަކުގައި އައުޓް ޑޯ ޖިމް ސެޓް ހަރުކުރުމުގެ މަސައްކަތް
އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހިތަދޫ އަވަށްތަކުގައި އައުޓް ޑޯ ޖިމް ސެޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2016/237 އިޢުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހެޅިފައިނުވާތީ މިއިޢުލާން ބާޠިލްކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ.
ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ޑިސެންބަރު 2016 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 08 ޑިސެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.
28 ޞަފަރު 1438
28 ނޮވެންބަރު 2016