އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު އާންމު ކުރުމާ ގުޅޭ

5 އޯގަސްޓް 2024     1 month ago


އިޢުލާން
 

އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު އާންމު ކުރުމާ ގުޅޭ

          އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރ426-B(4)/2024/083  (17 ޖުލައި 2024) ކައުންސިލްގެ ނިންމުމުން ފާސްކޮށްފައިވާތީ 05 އޮގަސްޓް 2024 ވަނަ ދުވަހުން ފެށިގެން މި އުޞޫލަށް އަމަލު ކުރުމަށް ފަށާފައިވާކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

          އަދި ދަންނަވަމެވެ. މި އުޞޫލަށް ޢަމަލުކުރަންފެށުމާއެކު، 23 ޖަނަވަރީ 2024ގައި މިއިދާރާގެ ނަންބަރު: (IUL)426-AB/426/2024/37 އިޢުލާނާއެކު ޢާންމުކޮށްފައިވާ "އެކިއެކި ޙަރަކާތްތަކާއި ގުޅިގެން ރަށުތެރޭގައި ހަރުކުރެވޭ އިޝްތިހާރުތަކާބެހޭ އުސޫލު" އާއި 23 ޖުލައި 2024ގައި މިއިދާރާގެ ނަންބަރު: (IUL)426-AB/426/2024/305 އިޢުލާނާއެކު ޢާންމުކޮށްފައިވާ"އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު" އުވުނީއެވެ.

          މި އިޢުލާނާއި އެކު އައްޑޫސިޓީގެ ޢާންމު ތަންތަނާއި މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ އުޞޫލު އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.

 

01 ޞަފަރު 1446

05 އޮގަސްޓް 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2024/318

ޕަބްލިޝް ކުރި ތާރީޚް: 05-08-2024

ސުންގަޑި: 2024-08-07 14:00:00