އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މަގަށް ދަތިވާގޮތަށް ހެދިފައިހުންނަ ގަސްކޮށުމާއި ގުޅޭ

25 ސެޕްޓެމްބަރ 2024     11 months ago


އިޢުލާން
 

މަގަށް ދަތިވާގޮތަށް ހެދިފައިހުންނަ ގަސްކޮށުމާއި ގުޅޭ

            މި އަވަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގައި ހައްދާފައިހުންނަ ގަސްތައް މަގަށް ދަތިވާގޮތަށް ގޯތިން ބޭރަށް ހެދިފައި ހުންނަކަން ފާހަނގަވެއެވެ. މިގޮތަށް ހުންނަ ގަސްތަކުގެ ތެރޭގައި ބިޔަކޮށް ހެދިފައި ހުންނަ ގަހާއި ބަގީޗާގެ ގޮތުގައި ހައްދާ ބާވަތުގެ ކަށިހުންނަ ގަސްތައްވެސް ހުންނަކަން ފާހަނގަވެއެވެ. އަދި، މިގަސްތަކުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތިވުމުގެ އިތުރުން ގަހުންވެއްޓޭ އެއްޗެހިން ޖެހި ގެއްލުން ލިބޭ ކަމުގެ ޝަކުވާ މިއޮފީހަށް ތަކުރާރުކޮށް ލިބެމުންދެއެވެ.

            ވީމާ، މިފަދައިން ހައްދާފައި ހުންނަ ގަސްތައް، މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ކޮށާ ސާފުކުރުމަށް އަންގާ އިޢުލާން ކުރަމެވެ.

            އަދި މި މުއްދަތުގެ ތެރޭގައި ނުކޮށި ހުންނަ ގަސްތައް އަވަށު އޮފީހަށް ފެންނަގޮތަކަށް (މަގަށް ދަތިނުވާނެހެން) ކޮށާނެކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

22 ރަބިޢުލްއައްވަލް 1445

25 ސެޕްޓްމެބަރ 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-5B/426/2024/375

ޕަބްލިޝް ކުރި ތާރީޚް: 25-09-2024

ސުންގަޑި: 2024-10-09 23:59:00