"އައްޑޫސިޓީ އެވޯޑް 2016" އަށް ކުރިމަތިލުން
އައްޑޫސިޓީ ކައުންސިލުން ތަޢާރަފްކުރާ "އައްޑޫސިޓީ އެވޯޑް 2016" އަށް ޝައުޤުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުއްވުމަށް ކުރެވުނު ނަންބަރު: (IUL)426-CA/426/2016/240 އިޢުލާނުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ.
ވީމާ، މިއެވޯޑަށް ނަން ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 ޑިސެމްބަރ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލް އިދާރާއަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި "އައްޑޫސިޓީ އެވޯޑް 2016" ގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ޖަނަވަރީ 2017 ވާ ހުކުރު ދުވަހުގެ ރޭގައެވެ. "އައްޑޫސިޓީ އެވޯޑް 2016" ގެ އެވޯޑަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް އައްޑޫސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން، ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. އަދި އައްޑޫސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
06 ރަބީޢުލްއައްވަލް 1438
05 ޑިސެމްބަރު 2016