އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މަގުމަތީގައްޔާއި ދުވާރުމަތީގައި ވެހިކަލްތައް ބެހެއްޓުމާއިގުޅޭ

25 ސެޕްޓެމްބަރ 2024     11 months ago


އިޢުލާން
 

މަގުމަތީގައްޔާއި ދުވާރުމަތީގައި ވެހިކަލްތައް ބެހެއްޓުމާއިގުޅޭ.

ހިތަދޫއަވަށުގައި ހިންގާ ސާވިސްގަރާޖްތަކުގެ ކުރިމަތިން މަގުމަތީގައި ޤަވާއިދާ ޚިލާފަށް ގިނަޢަދަދެއްގެ ވެހިކަލްތައް މަރާމާތު ކުރުމަށް ގެންގޮސް ބަހައްޓާފައިހުންނަކަން މިއޮފީހަށްވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް މަގުމައްޗަށް ވެހިކަލްތައް ދޫކޮށްލާފައި ހުރުމަކީ މަގުބޭނުންކުރާ ފަރާތްތަކަށް ދަތިއުދަގޫ ކަމަކަށްވުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓް ތަކަށް މަގުފަހިވަމުންދާ ކަމެކެވެ.

ވުމާއެކު، މަތީގައި ދެންނެވިފައިވާ ސަރަހައްދު ތަކުގައި ބަހައްޓާފައިވާ ވެހިކަލްތައް އެތަކެތީގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން 05 ދުވަހުގެ ތެރޭ ނެގުމަށް އަންގަމެވެ. އަދި މި މުއްދަތުގެތެރޭގައި މިތަކެތި ނުނަގައިފިނަމަ ޤަވާޢިދު ނަންބަރު: 2019/R-984 "އާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާޢިދު" ގައިވާގޮތުގެމަތިން އެތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅައި ފުލުހުންގެ އެހީތެރިކަމާއިއެކު އެސަރަޙައްދުން އެތަކެތިނަގާ ޓޯކުރާނެކަމުގައި  އަންގައި އިޢުލާން ކުރީމެވެ.

 

 22ރަބީޢުލް އައްވަލު 1446 ހ

25 ސެޕްޓެމްބަރ 2024 މ



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2C/426/2024/378

ޕަބްލިޝް ކުރި ތާރީޚް: 25-09-2024

ސުންގަޑި: 2024-09-29 23:59:00