އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ އ.ތ.މ ކޮމެޓީގެ ފަރާތުން 2024 ވަނަ އަހަރު ހިންގަން ރޭވިފައިވާ ކޯސް ތަކުގެ ތެރެއިން ބޭސިކް ކޮމްޕިއުޓާރ ކޯހުގެ ބައިވެރިން ހޯދުމަށް

10 އޮކްޓޯބަރ 2024     11 months ago


އިޢުލާން  

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2024 ވަނަ އަހަރު ހިންގަން ރޭވިފައިވާ ކޯސް ތަކުގެ ތެރެއިން ބޭސިކް ކޮމްޕިއުޓާރ ކޯހުގެ ބައިވެރިން ހޯދުމަށް   

         އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބޭސިކް ކޮމްޕިއުޓާރ ކޯހެއް  ބޭއްވުމަށް ވަނީ ނިންމާފައެވެ. މިކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުދިވިޔަފާރި ކުރައްވާ އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެންނެވެ. މިކޯހުގެ ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ އ.ތ.މ ކޮމިޓީ އިންނެވެ. މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް އަމާޒު ކުރެވިގެން  01 ކުލާހެއްގެ ގޮތުގައެވެ.

ވީމާ، މި ކޯހުގައި ބައިވެރިވުމަށް  ޝައުގުވެރިވާ ފަރާތްތަކުން 13 އޮކްޓޫބަރ 2024 ން 22 އޮކްޓޫބަރ 2024 ގެ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، ކޯހުގައި ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރަށް 9336787 އަށް ގުޅުއްވުން އެދެމެވެ.

07 ޖުމާދުލްއާޚިރާ 1446

10 އޮކްޓޫބަރ 2024



ބާވަތް: އިއުލާން

ނަންބަރ: WDC(4)/IUL/2024/03

ޕަބްލިޝް ކުރި ތާރީޚް: 10-10-2024

ސުންގަޑި: 2024-10-22 12:00:00