އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އެޅެދީދީމަގުގެ ޝީޝާ ޝޯރޫމް ކުރިމަތިން އުރީދޫ ޓަވަރާއި ދެމެދުން އެ ސަރަޙައްދުގައި ހައްދާފައިވާ އަލަގަސްތަކާއި އެހެނިހެންތަކެތި ނެގުމާގުޅޭ

10 އޮކްޓޯބަރ 2024     11 months ago


އިޢުލާން
 

ހިތަދޫ އެޅެދީދީމަގުގެ ޝީޝާ ޝޯރޫމް ކުރިމަތިން އުރީދޫ ޓަވަރާއި ދެމެދުން އެ ސަރަޙައްދުގައި ހައްދާފައިވާ އަލަގަސްތަކާއި އެހެނިހެންތަކެތި ނެގުމާގުޅޭ

           ހިތަދޫ އެޅެދީދީމަގުގެ ޝީޝާ ޝޯރޫމް ކުރިމަތިން އުތުރަށް އުރީދޫ ޓަވަރާއި ދެމެދު، މަގުން ފެށިގެން އިރަށް 35 ފޫޓު، ޗާޓުން ފާހަގަކޮށްފައިވާ ސަރަހައްދަކީ ލޭންޑްޔޫސް ޕްލޭންގައި ވަކިކަމަކަށް ކަނޑައެޅިފައިވާ ބިންތައް ހިމެނޭ ސަރަހައްދެކެވެ. މިސަރަހައްދުގައި އެކިފަރާތްތަކުން ބޭނުންކުރަމުންދާ އަލަ އޮޅުތަކާއި، ދަނޑުތަކާއި މިނޫންވެސް އެސަރަހައްދުގައި ބެހެއްޓުމަށް އެކަށީގެންނުވާ ތަކެތި ބެހެއްޓިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މަގާއި އިންވެގެންވާ ބައެއް އޮޅުތަކުން، ދުވާރު ކައިރިން ކޮނެ އޮޅު ހެއްދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. ދުވާރަކީ ގާއަތުރައިގެން ހަދާފައިވާ ތަނަކަށް ވުމާއެކު މިގޮތަށް ކައިރިފަށް ކޮނެހެދުމުން މަގުން ވެލިދަމައި މަގަށް ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ. އެހެންކަމުން އެސަރަޙައްދުގައިވާ މިދެންނެވި ފަދަ ތަންތަން އަދި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން 11 އޮކްޓޫބަރު 2024 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިތަކެތި ނެގުމަށް ދެންނެވީމެވެ.

           އަދި ދެންނެވުނު މުއްދަތު ހަމަވުމަށްފަހު މިސަރަޙައްދުގައި މަސައްކަތް ފެށިގެން ކުރިއަށްދާއިރު ނުނަގާ ހުރި ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ހިތަދޫ އަވަށު އޮފީހުން ނުނަގާނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

07 ރަބީއުލްއާޚިރު 1446

10 އޮކްޓޫބަރު 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2B/426/2024/412

ޕަބްލިޝް ކުރި ތާރީޚް: 10-10-2024

ސުންގަޑި: 2024-10-25 23:59:00