އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - "ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް" ޕުރޮގްރާމް އާއި ގުޅޭ

14 ނޮވެމްބަރ 2024     3 weeks ago


އިޢުލާން
 

"ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް" ޕުރޮގްރާމް އާއި ގުޅޭ

        ފޭދޫ އަވަށު އޮފީހާއި ގަން ޕޮލިސް ސާވިސް ގުޅިގެން "ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް" ނަމުގައި ޕުރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕުރޮގްރާމްގެ ފުރަތަމަ ބެޗް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 ނޮވެންބަރު 2024 އިން 25 ފެބުރުވަރީ 2025 އަށް މިއަވަށުގެ 3 ސަރަޙައްދެއްގެ 3 މިސްކިތެއް (މަސްޖިދުލް އަމާނި، މަސްޖިދުލް ކައުޘަރު އަދި މަސްޖިދުލް ފަލާޙް) ގައެވެ. މި ގޮތުން ފުރަތަމަ ބެޗުގައި ބައިވެރިވުމަށް ބޭނުންވާ މިއަވަށަށް ނިސްބަތްވާ އަދި މިއަވަށުގައި ދިރިއުޅެމުން އަންނަ 7 އަހަރުން މަތީގެ ކުދިންނަށް ފުރުސަތު ހުޅުވާލުމަށްވަނީ ހަމަޖެހިފައިވެއެވެ. އަދި ޕުރޮގްރާމުގައި ބައިވެރިވެ މިޕުރޮގްރާމް ކާމިޔާބު ކަމާއެކު ފުރިހަމަ ކުރާ ކުދިންނަށް އަމާޒުކޮށް، މިޕުރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.

        ވީމާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ 7 އަހަރުން މަތީގެ ފިރިހެން ކުދިން މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ގޫގްލް ފޯމް 21 ނޮވެންބަރު 2024 ގެ 14:00 ކުރިން ފުރުއްވުން އެދެމެވެ. 

 

12 ޖުމާދަލްއޫލާ 1446

14 ނޮވެންބަރު 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2024/442

ޕަބްލިޝް ކުރި ތާރީޚް: 14-11-2024

ސުންގަޑި: 2024-11-21 14:00:00