އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީ އ.ތ.މ ކޮމެޓީގެ ފަރާތުން 2024 ވަނަ އަހަރު ހިންގަން ރޭވިފައިވާ ކޯސް ތަކުގެ ތެރެއިން ބިއުޓީ ކޯހުގެ ބައިވެރިން ހޯދުމަށް

14 ނޮވެމްބަރ 2024     3 weeks ago


އިޢުލާން
 

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2024 ވަނަ އަހަރު ހިންގަން ރޭވިފައިވާ ކޯސް ތަކުގެ ތެރެއިން ބިއުޓީ ކޯހުގެ ބައިވެރިން ހޯދުމަށް

         އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބިއުޓީ ކޯހެއް  ބޭއްވުމަށް ވަނީ ނިންމާފައެވެ. މިކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އަހަރާއި 45 އަހަރު އުމުރުފުރާ އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެންނެވެ. މިކޯހުގެ ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ އ.ތ.މ ކޮމިޓީ އިންނެވެ. މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް އަމާޒު ކުރެވިގެން  01 ކުލާހެއްގެ ގޮތުގައެވެ.

         ވީމާ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ނޮވެމްބަރ 2024 ން 25 ނޮވެމްބަރ 2024 ގެ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، ކޯހުގައި ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރަށް 9336787 އަށް ގުޅުއްވުން އެދެމެވެ.
 

12 ޖުމާދުލްއޫލާ 1446

14 ނޮވެމްބަރ 2024



ބާވަތް: އިއުލާން

ނަންބަރ: WDC(4)/IUL/2024/04

ޕަބްލިޝް ކުރި ތާރީޚް: 14-11-2024

ސުންގަޑި: 2024-11-25 12:00:00