އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން ދުވާރު އަދި ކާނުތައް ތިރިކުރުމާއި ގުޅޭ

28 ނޮވެމްބަރ 2024     1 week ago


އިޢުލާން

 

އައްޑޫސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން ދުވާރު އަދި ކާނުތައް ތިރިކުރުމާއި ގުޅޭ:

        އައްޑޫސިޓީގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން ހެދިފައިވާ މަގުތަކުގެ ދުވާރު އަދި ފެން ހިންދާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތާއި ގުޅިގެން ގޭގެއަށް ވަންނަ ގޭޓް އަދި ގަރާޖް ފަދަ ތަންތަނަށް ވެހިކަލްތަކުން ވަދެނިކުތުމަށް ދަތިވެފައިވާ ކަމުގެ ޝަކުވާތައް ރައްޔިތުންގެފަރާތުން މިއިދާރަށް ލިބެމުންދެއެވެ. އެހެންކަމުން، ރައްޔިތުންނަށް ދިމާވެފައިވާ މިމައްސަލައަށް ހައްލުހޯދައިދިނުމުގެ ގޮތުން ގޭގެއަށާއި ގަރާޖްތަކަށް ވަދެނިކުތުމަށް ދަތިވެފައިވާ  ފަރާތްތަކުން ވީހާވެސް އަވަހަކަށް  މައުލޫމާތުތައް ހިއްސާ ކޮށްދެއްވުން އެދެމެވެ. މިކަމާއި ގުޅިގެން ބޭނުންވާ މައުލޫމާތުތައް އެ އަވަށެއްގެ އަވަށު އޮފީހަށް ހުށަހަޅުއްވައިގެން ނުވަތަ https://rb.gy/iwrwhp މިލިންކް މެދުވެރިކޮށް ފަސޭހަކަމާއިއެކު ހިއްސާކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، 04 ޑިސެންބަރު 2024 ވާ ބުދަ ދުވަހުގެ ކުރިން މިމައުލޫމާތުތައް ހިއްސާކޮށްދެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. އަދި މިކަމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލެއްވުން ދެއްވުން އެދި ދެންނެވީމެވެ.

26 ޖުމާދަލްއޫލާ 1446

28 ނޮވެންބަރު 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2024/468

ޕަބްލިޝް ކުރި ތާރީޚް: 28-11-2024

ސުންގަޑި: 2024-12-04 14:00:00