އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ، ހިތަދޫ އަވަށުގެ "އޮޕަރޭޝަން ކުރަނގި" ފެށުމާއި ގުޅޭ

2 ޑިސެމްބަރ 2024     9 months ago


އިޢުލާން

 

އައްޑޫސިޓީ، ހިތަދޫ އަވަށުގެ "އޮޕަރޭޝަން ކުރަނގި" ފެށުމާއި ގުޅޭ.

ދިވެހިރާއްޖޭގައި ދިމާވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތުގެ ތެރެއިން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ނާރެސް ޕޯޓަލް މެދުވެރިކޮށް، ސަރުކާރުން ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އަދާހަމަކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ދަށުން، އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ދިރިއުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް މި އޮފީހުން ކުރިއަށް ގެންދާ ވާހަކަ، ބިދޭސީ މަސައްކަތްތެރިން ގެންގުޅުއްވާ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި މަސައްކަތް  ކުރިއަށް ގެންދިއުމަށް  ހަމަޖެހިފައިވަނީ 2024 ޑިސެންބަރު 01 އިން 31 އަށް "ބަންދުނޫން ކޮންމެ ދުވަހަކު" އަންނަނިވި ގަޑިތަކުގައެވެ.
-  ހެނދުނު 8:30 އިން 9:30 އަށް
-  މެންދުރުފަހު 13:00 އިން 14:00 އަށް
            ވީމާ، 31 ޑިސެންބަރު 2024 ގެ ފަހުން ބަޔޯމެޓްރިކްސް ނެގިފައިނުވާ ބިދޭސީ ފަރާތްތަކާމެދު، ސަރުކާރުން ނިންމަވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅިގެންދާނެވާހަކަ ދަންނަވަމެވެ .އެހެންކަމުން، ހިތަދޫ އަވަށުގައި މަސައްކަތްކުރައްވާ ބިދޭސީ މުވައްޒަފުން ނާރެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށްޓަކައި، އަންނަނިވި ލިޔެކިޔުންތަކާއިއެކު " ހިތަދޫއަވަށު އޮފީހަށް " ވަޑައިގެން ދެއްވުން އެދެމެވެ.

1.ޕާސްޕޯޓު ނުވަތަ ވޯކް ވިސާގެ ކޮޕީ.

2. ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (އޮތްނަމަ)
3. ޒިންމާދާރު ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މި މަސައްކަތަކީ  ސަރުކާރުން  އިސްކަމެއްދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތަކަށްވާތީ، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.  


01 ޖުމާދަލްއާޚިރާ 1446

20 ޑިސެންބަރ 2024

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2024/470

ޕަބްލިޝް ކުރި ތާރީޚް: 02-12-2024

ސުންގަޑި: 2024-12-31 14:00:00