އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ ހިތަދޫގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތަށް ދަރުމަވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު މުއްދަތު އިތުރުކޮށް ހުޅުވާލުމާގުޅޭ

31 ޑިސެމްބަރ 2024     8 months ago


އިޢުލާން
 

އައްޑޫސިޓީ ހިތަދޫގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތަށް ދަރުމަވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު މުއްދަތު އިތުރުކޮށް ހުޅުވާލުމާގުޅޭ

        އައްޑޫސިޓީ ހިތަދޫގެ މިސްކިތްތަކުގެ ތެރެއިން މަރާމާތުކުރަންޖެހިފައިވާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ކުރުމަށް ދަރުމައަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

        ވީމާ، އައްޑޫސިޓީ ހިތަދޫ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް، ދަރުމައަށް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ފޯމު ހުށަހެޅުއްވުން އެދި ދެންނެވީމެވެ.

        މި މަސައްކަތަށް އެދި ހުށަހަޅާ ފޯމު، ތިރީގައިވާ ލިންކް މެދުވެރިކޮށް ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވުމުގެ އިތުރުން، ހިތަދޫ އަވަށު އޮފީހުގެ ކައުންޓަރުން ވެސް ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.

ގޫގުލް ފޯމް ލިންކް: https://docs.google.com/forms/d/1_tSUaum5JZmh1RI9PhaWFXcJP8_wzMsRVAwz30wXTps/edit

 

30 ޖުމާދަލްއާޚިރް 1446

31 ޑިސެންބަރ 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2024/531

ޕަބްލިޝް ކުރި ތާރީޚް: 31-12-2024

ސުންގަޑި: 2025-01-31 14:00:00