އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުން 02 ބިން އަދި ފޭދޫ އަވަށުން 02 ބިން ކުއްޔަށް ދޫކުރުން

13 ޖެނުއަރީ 2025     8 months ago


އިޢުލާން

 

އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުން 02 ބިން އަދި ފޭދޫ އަވަށުން 02 ބިން ކުއްޔަށް ދޫކުރުން

        އައްޑޫ ސިޓީ މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ ކޮމާޝަލް ބޭނުމަށް ކަނޑައަޅަފައިވާ ސަރަހައްދުން ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

#

އަވަށް

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބޭނުން

1

ސ.މަރަދޫފޭދޫ

MFLL B05-Plot #01

3596.43 އަކަފޫޓު

ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމުގެ ވިޔަފާރިކުރުމަށް

2

ސ.މަރަދޫފޭދޫ

MFLL B05-Plot #02

2851.19 އަކަފޫޓު

ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމުގެ ވިޔަފާރިކުރުމަށް

3

ސ.ފޭދޫ

E2

1141.38 އަކަފޫޓު

ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމުގެ ވިޔަފާރިކުރުމަށް

4

ސ.ފޭދޫ

E4

988.85 އަކަފޫޓު

ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމުގެ ވިޔަފާރިކުރުމަށް

 

ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

#

ތަފްޞީލް

ތާރީޚް، މުއްދަތު އަދި ގަޑި:

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް ބޭނުންވާ ކުލީ ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected]  އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

14 ޖަނަވަރީ 2025އިން

23 ޖަނަވަރީ 2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް

މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް  މިއިދާރާއިން މެއިލް ކުރާނެއެވެ.  

 

14 ޖަނަވަރީ 2025އިން     

23 ޖަނަވަރީ 2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00އިން 14:00އަށް

ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

 

06 ފެބުރުވަރީ 2025ވާ

ބުރާސްފަތި   ދުވަހުގެ 10:00

 

        މި ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މި ބިންތައް ހިމެނޭ ބިމުގެ ޗާޓުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

     ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.

13 ރަޖަބް 1446

13 ޖަނަވަރީ 2025

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2025/22

ޕަބްލިޝް ކުރި ތާރީޚް: 13-01-2025

ސުންގަޑި: 2025-01-23 14:00:00