އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގެ ކުރީގެ ދަމަރާގިރި ޢިމާރާތް ކުއްޔަށް ދޫކުރުން

13 ޖެނުއަރީ 2025     8 months ago


އިޢުލާން
 

އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގެ ކުރީގެ ދަމަރާގިރި ޢިމާރާތް ކުއްޔަށް ދޫކުރުން

        އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގެ ކުރީގެ ދަމަރާގިރި ޢިމާރާތުގައި ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމަށް ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕް ތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

#

ތަފްޞީލް

ތާރީޚް، މުއްދަތު އަދި ގަޑި:

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް ބޭނުންވާ ކުލީ ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected]  އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

14 ޖަނަވަރީ 2025އިން

23 ޖަނަވަރީ 2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް

މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް  ޢިމާރާތް ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް  މިއިދާރާއިން މެއިލް ކުރާނެއެވެ.  

 

14 ޖަނަވަރީ 2025އިން     

23 ޖަނަވަރީ 2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00އިން 14:00އަށް

ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

 

06 ފެބުރުވަރީ 2025ވާ

ބުރާސްފަތި   ދުވަހުގެ 10:00

 

        މި ޢިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މި ޢިމާރާތާއި ޢިމާރާތް ހުރި ބިމުގެ  ޗާޓުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

     ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.

13 ރަޖަބް 1446

13 ޖަނަވަރީ 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2025/23

ޕަބްލިޝް ކުރި ތާރީޚް: 13-01-2025

ސުންގަޑި: 2025-01-23 14:00:00