ވަޒީފާގެ ފުރުސަތު
|
މަޤާމް:
|
އެސިސްޓެންޓް ކައުންސިލް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J- 399257
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ސަޕޯޓް ސަރވިސް ޔުނިޓް، މަރަދޫފޭދޫ އަވަށު އޮފީސް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ
|
މުސާރަ:
|
-/4465
|
ސަރވިސް އެލަވަންސް:
|
-/1500
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯ އެލަވަންސް 2: -/700 ރުފިޔާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
- މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ސަރުކާރުގެ މުދަލާއި ފައިސާއާ ބެހޭ ގޮތުން ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކުގެ މަތީން އަވަށުގައި ހިންގަންޖެހޭ މަސައްކަތްތައް ހިންގައި އެކަންކަމާ ބެހޭ ރިޕޯރޓްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމާއި އަވަށު އޮފީސް ޒިންމާދާރުވާންޖެހޭ މުވައްޒަފުންނާގުޅޭ ފައިސާގެ ކަންކަން ހިންގައި ރިކޯޑް ބެލެހެއްޓުމާއި އަވަށު ތަރައްޤީގެ ޕްލޭން ހެދުމާއި އަވަށުގެ ތަރައްޤީއަށް އެވަގުތު ކުރަންޖެހޭ އެންމެ މުހިއްމު ކަންކަން ކުރުން.
- އޮފީސް މެދުވެރިކޮށް ހިންގާ ޕްރޮގުރާމްތަކަށް ކައުންސިލްގެ އިދާރާއިން ފޮނުވާ ފައިސާ ބެލެހެއްޓުން.
- އޮފީހަށް ލިބޭފައިސާ ބަލައިގަތުން.
- އޮފީހަށް ބަލައިގަންނަ ފައިސާ ދުވަހުން ދުވަހަށް ކައުންސިލްގެ އާމްދަނީ އެކައުންޓަށް ޖަމާކޮށް ތަފްސީލް ކައުންސިލްގެ އިދާރާއަށް ފޮނުވުން.
- އޮފީހުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދައި ދިނުން.
- އޮފީހުންދޭ ޚިދުމަތްތަކަށް ފީނެގުން.
- ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް ސެކްރަޓޭރިއޭޓްގެ އިދާރާއަށް ފޮނުވުން.
- އޮފީހުގެ އަހަރީ ބަޖެޓް އަންދާޒާކޮށް، ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް ސެކްރެޓޭރިއޭޓަށް ފޮނުވުން.
- އޮފީހުގެ އެކިއެކި ކަންކަމަށް ލިބޭ އާމްދަނީގެ ރަޖިސްޓަރީގެ ލިޔެކިޔުން ބެލެހެއްޓުން.
- އޮފީހަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
- ގުދުރަތީ ކާރިޘާތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަމުގެ މަސައްކަތް ކުރުން.
- މިސްކިތްތައް މަރާމާތްކުރުމާ ގުޅޭ ކަންތައްތައް ބެލެހެއްޓުން.
- ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތަކާއި ޑައިވް ސެންޓަރތައް ޗެކްކުރުމާގުޅޭ މަސައްކަތް ކުރުން.
- ލިޔެކިޔުންތަކާއި ފައިލިން ސިސްޓަމާއި ރެކޯޓް ބެލެހެއްޓުމާއި ފަސޭހައިން މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
|
މަޤާމުގެ ޝަރުތުތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުން.
-
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ގުޅޭ ވަޒީފާގެ ދާއިރާ:
|
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމަންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (http://adducity.gov.mv/uploads/1625028023.pdf) ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- އަސާސީ ޝަރުތު ހަމަވުން – %30
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - %5
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
- އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް) – %25
- އިންޓަރވިއު - %35
ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމްލަ 60 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނު އޮންނާނީ 2025 ޖަނަވަރީ 26 އާއި 2025 ފެބުރުވަރީ 16 އާ ދެމެދުގައެވެ. އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް "(A2 ޝީޓް)" އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|
16 ރަޖަބު 1446
16 ޖަނަވަރީ 2025
|