އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - މަސައްކަތު (ވަގުތީ)

20 ޖެނުއަރީ 2025     8 months ago


  

ވަޒީފާގެ ފުރުސަތު

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު:

ވަގުތީ (31 ޑިސެންބަރު 2025ގެ ނިޔަލަށް)

މަޤާމު ނަންބަރު:

PW110

މަޤާމުގެ ރޭންކް:

އެސް.އެސް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުނިސިޕަލް އެންޑް މެއިންޓެނަންސް ސަރވިސް ޔުނިޓް، ޑެވެލޮޕްމަންޓް ސަރވިސް ސެކްޝަން / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
  2. ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާމަގުތަކުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
  3. ގައު އަތުރައިގެން ރަނގަޅު ފެންވަރަކަށް ހަދާމަގުތަކުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
  4. ތާރުމަތު މަރާމާތުކުރުމުގެ މަސައްކަތްކުރުން
  5. މި އިދާރާއިން އަންގާ ތަންތަނަށް ވެލިއެޅުމާއި ވެލިމަގު މަރާމާތުކުރުމުގެ މަސައްކަތް ކުރުން
  6. ތަނުގައި ކުރެވޭ ޕްރިކާސްޓްކުރުމުގެ އެންމެހާ މަސައްކަތްކުރުން
  7. މަސައްކަތުގައި ބޭނުންކުރާ އާލާތްތަކާއި އަދި މިނޫނަސް އެންމެހާ ސާމާން އެކި ތަންތަނަށް އުކާފައި ނުބެހެއްޓުމާއި އެ އެންމެހާތަކެތި ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓުން، ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އިހުމާލުން ގެއްލޭ ނުވަތަ ހަލާކުވާ ކޮންމެ އެއްޗެއްގެ ޒިންމާ އުފުލުން.
  8. ކޮންމެ ދުވަހަކު މަސައްކަތް ނިމުމުން މަސައްކަތުގައި ބޭނުންކުރި އެންމެހާ އާލާތްތަކާއި ސާމާނުތައް ހަމަކޮށް ރަނގަޅަށް ސާފުކޮށް މަސައްކަތާ ހަވާލުވެ ހުރި ސުޕަވައިޒަރަށް ދެއްކުމަށްފަހު އެތަކެތި ބަހައްޓަންޖެހޭ ތަނެއްގައި ރައްކާކުރުން، ނުވަތަ ރައްކާކުރުމަށް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން
  9. މަސައްކަތްކުރުމުގައި އާއި މަސައްކަތަށް ބޭނުންވާ ތަކެތި ބޭނުންކުރުމުގައި ވީހާވެސް ޚަރަދު ކުޑަ ގޮތަކަށް ބަލައި ޒިންމާދާރުކަމާއެކު މަސައްކަތްކުރުން.
  10. އޮފީހަށް ލިބޭ އެކިއެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުންދާއިރު މަސައްކަތާއި ތަޖުރިބާގެ ގޮތުން އެއިރެއްގައި ކުރަންޖެހުނު ދާއިރާއާ ގުޅޭ ކޮންމެ މަސައްކަތެއްކުރުން.
  11. ސައިޓާއި އޮފީހުގެ ގޯތިތެރޭގައި ކުނީގެ ގޮތުގައި އުކާލަންޖެހޭ ތަކެތި އެކަމަށް ކަނޑައެޅިފައިވާ އުޞޫލާއެއްގޮތަށް ރައްކާތެރިކަމާއެކު ނައްތާލުން
  12. މަސައްކަތްތަކުގެ ތެރެއިން އެއިރެއްގައި މަސައްކަތް ކުރަންޖެހުނު ކޮންމެ ސައިޓެއްގައި މަސައްކަތްކުރުން
  13. މި އިދާރާއިން އަންގާ ދާއިރާއާގުޅޭ މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތައް:

ލިޔަންކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
    (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
    (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
    (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
    (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން – %50
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - %5
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
  4. އިންޓަރވިއު - %40

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމްލަ 70 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖަނަވަރީ 27 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނު އޮންނާނީ 2025 ޖަނަވަރީ 28 އާއި 2025 ފެބުރުވަރީ 16 އާ ދެމެދުގައެވެ. އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

20 ރަޖަބު 1446

20 ޖަނަވަރީ 2025

  


ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2025/50

ޕަބްލިޝް ކުރި ތާރީޚް: 20-01-2025