އިޢުލާން
ސ.ފޭދޫ ޤުރުއާން މުބާރާތް 1446 އާއި ގުޅޭ:
ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ފޭދޫ އަވަށު އޮފީހުން ބާއްވާ "ސ.ފޭދޫ ޤުރުއާން މުބާރާތް 1446" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.
މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މުޅި އައްޑޫ ސިޓީއަށް ހުޅުވާލައިގެންނެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ އައްޑޫ ސިޓީގެ ރަޖިސްޓަރީވެފައިވާ ކުދިންނާއި އައްޑޫ ސިޓީ ސްކޫލް ތަކުގައި ކިޔަވަމުންދާ ކުދިންނެވެ. މުބާރަތުގެ ކިޔެވުން އޮންނާނީ ދެގޮތްޕަކަށް ބަހައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައިވެސް ހިމެނޭނީ 6 އުމުރުފުރާއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުން ދަށެވެ.
މިމުބާރާތުގެ ވަނަ ހޮވާނީ ކޮންމެ ގޮތްޕަކުންވެސް އަންހެން، ފިރިހެން ވަކިން 1 ވަނަ، 2 ވަނަ އަދި 3 ވަނައެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު 5 ފިރިހެން ބައިވެރިންނާއި މުޅި މުބާރާތުގެ އެންމެ މޮޅު 5 އަންހެން ބައިވެރިންގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު 1، 2 އަދި 3ވަނަ ހޮވިގެންދާނެއެވެ. މިމުބާރާތާއި ބެހޭ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 20 ފެބްރުވަރީ 2025ވަނަ ދުވަހު 14:00އެވެ. މުބާރާތާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް މިއޮފީހުގެ ނަންބަރު 6892018 އަށް ގުޅުއްވުން އެދެމެވެ.
ލިންކް: https://forms.gle/YLsVzVmM8Nk3Qfxx5
22 ރަޖަބު 1446
22 ޖަނަވަރީ 2025