އިޢުލާން
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚް ފަސްކުރުން
ތިރީގައި ދެންނެވިފައިވާ 2 އިޢުލާނާއި ގުޅިގެން ހުށަހަޅާ ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުމަށް ކަނޑައެޅިފައި އޮތް ތާރީޚަކީ 06 ފެބުރުވަރީ 2025 ކަމުގައި ވީނަމަވެސް، އެދުވަސް މިހާރުވަނީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައެވެ. އެހެންކަމުން، މި 2 އިޢުލާނާއި ގުޅިގެން ހުށަހަޅާ ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުމަށް މިހާރު ހަމަޖެހިފައިވަނީ 09 ފެބުރުވަރީ 2025ވާ އާދީއްތަ ދުވަހުގެ 10:00 ކަމުގައި އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
- އައްޑޫ ސިޓީ މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ ކޮމާޝަލް ބޭނުމަށް ކަނޑައަޅަފައިވާ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2025/22 އިޢުލާން
- އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގެ ކުރީގެ ދަމަރާގިރި ޢިމާރާތް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު:
(IUL)426-AE/426/2025/23 އިޢުލާން
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
26 ރަޖަބް 1446
26 ޖަނަވަރީ 2025