އިޢުލާން
އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ބީޗްތައް ހެދުމަށް ބޭނުންވާތީ، އެފަދަ ބީޗްތަކަށް އެންމެ އެކަށޭނެ ސަރަހައްދުތައް ހޯދުމަށް އޮޕްޝަންސް އެނަލިސިސް އެއް ހެދުމާއި، އަދި މިމަރުހަލާއިން ޚިޔާރުކުރެވޭ ސަރަހައްދުތަކާއި ބީޗްހެދުމަށާއި ރައްޔިތުން އެކި ކަންކަމަށް ބޭނުންވާ ވެލި ނަގާނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދުގެ އީ.އައި.އޭ ހަދައި ބީޗް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)426-AA/426/2019/10 އިޢުލާނަށް އެކަށީގެންވާ އަދަދަށް ބީލަން ހުށަހަޅާފައިނުވާތީ، މިދެންނެވުނު އިޢުލާން ބާތިލްކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2019 ފެބުރުވަރީ 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ން ފެށިގެން 2019 ފެބުރުވަރީ 27 ވާ ބުދަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 މާރިޗް 04 ވާ ހޯމަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 ފެބުރުވަރީ 21 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2019 މާރިޗް 03 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 މާރިޗް 03 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
15 ޖުމާދަލްއާޚިރު 1440
20 ފެބުރުވަރީ 2019