އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފޭދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ފޭދޫ ބަނދަރުގައި ނައިޓް މާކެޓް ބޭއްވުމާއި ގުޅޭ

26 ޖެނުއަރީ 2025     7 months ago


އިޢުލާން

 

ނައިޓް މާކެޓް ބޭއްވުމާއި ގުޅޭ:

               ފޭދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން 13 ފެބްރުވަރީ 2025 އިން 15 ފެބްރުވަރީ 2025 އަށް ފޭދޫ ބަނދަރުގައި ނައިޓް މާކެޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިނައިޓް މާކެޓްގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކާއި، އޮންލައި ވިޔަފާރިތަކާއި، ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށް ބައިވެރި ވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ނައިޓްމާކެޓްގައި ވިއްކޭނީ ކާނާގެ ބާވަތް ނޫން ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަކޮށްފައިވާ އެހެނިހެން ތަކެއްޗެވެ.

              ނައިޓް މާކެޓްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 06 ފެބްރުވަރީ 2025ގެ ކުރިން ރަސްމީ ގަޑީގައި (14:00–08:00) އޮފީހުގެ ވައިބަރ ނަންބަރަށް (7789044) ނަމާއި އައިޑީ ކާޑުނަންބަރު އަދި ވިޔަފާރި ހުއްދައިގެ ކޮޕީ ވައިބަރކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.              

26 ރަޖަބު 1446

26 ޖަނަވަރީ 2025

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2025/57

ޕަބްލިޝް ކުރި ތާރީޚް: 26-01-2025

ސުންގަޑި: 2025-02-06 14:00:00