އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޢިއުލާން - މަރަދޫ މަދަޙަ މުބާރާތް 1446 އާއި ގުޅޭ

28 ޖެނުއަރީ 2025     7 months ago


ޢިއުލާން
 

މަރަދޫ މަދަޙަ މުބާރާތް 1446 އާއި ގުޅޭ:    
        މަރަދޫގެ އެކި އެކި އުމުރު ފުރާތަކުގެ ބޭފުޅުންގެ މެދުގައި ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުކުރުމާއި މަދަޙަކިޔުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ވާދަވެރިގޮތެއްގައި މިހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މަރަދޫ އަވަށު އޮފީހުން ބާއްވާ "މަދަޙަ މުބާރާތް 1446" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

        މި މުބާރާތުގައި ބައިވެރިވެވޭނީ މަރަދޫގެ ރަށްވެހިންނާއި، މިވަގުތު މަރަދޫގައި ދިރިއުޅެމުންގެންދާ ފަރާތްތަކާއި، މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލްގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށެވެ. މުބާރާތް ރޭވިފައިވަނީ ވަކިވަކި ފަރާތްތަކުން (ސޯލޯކޮށް) މަދަހަ ހުށަހަޅާގޮތަށެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 7 އުމުރުފުރާއަކަށެވެ.  އެއީ 4 އަހަރުން ދަށާއި، 7 އަހަރުން ދަށާއި، 10 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 16 އަހަރާއި 18 ދެމެދުގެ އުމުރުފުރާ އަދި 18 އަހަރުން މަތީގެ އުމުރުފުރާއަށެވެ.

        މިމުބާރާތުގެ ވަނަ ހޮވާނީ ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނައެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު 1، 2 އަދި 3ވަނަ ހޮވިގެންދާނެއެވެ. މި މުބާރާތާއި ބެހޭ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 13 ފެބްރުވަރީ  2025ވަނަ ދުވަހު 14:00އެވެ. މުބާރާތާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް މިއޮފީހުގެ ނަންބަރު 6890096 އަށް ގުޅުއްވުން އެދެމެވެ.

ލިންކް: https://forms.gle/JUyXMbtNVywLqUTM6

 

28 ރަޖަބު 1446ހ.

28 ޖަނަވަރީ 2025މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-3B/426/2025/77

ޕަބްލިޝް ކުރި ތާރީޚް: 28-01-2025

ސުންގަޑި: 2025-02-13 14:00:00