ޢިއުލާން
ކަށުކަމާކެމީގެ ޕޫލް އެކުލަވާލުމާއި ގުޅޭ:
ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ތައްޔާރު ކުރެވިފައިވާ "ކަށުކަމާކެމީގެ ކަންތައްތަކުގައި ޢަމަލު ކުރުމުގެ އުޞޫލު" އާއި ގުޅިގެން މަރަދޫ އަވަށުގައި ކަށުކަމާކެމީގެ ޕޫލެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، ކަށުކަމާކެމީގެ ޕޫލުގައި ބައިވެރިވުމަށް އެދޭ ތިރީގައި މިދަންނަވާ ޝަރުޠު ހަމަވާ ފަރާތްތަކުން 6 ފެބުރުވަރީ 2025ގެ 14:00ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އައްޑޫސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަށުކަމާކެމީގެ ހުއްދައިގެ ކޮޕީ މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
- މުސްލިމަކު ކަމުގައިވުން
- ބާލިޣުވުން
- ބުއްދި ސަލާމަތުން ހުރުން
- ކަށުކަމާކެމީގެ ކަންތައް ރަނގަޅަށް ދަންނަ މީހަކު ކަމުގައިވުން
- އައްޑޫސިޓީ ކައުންސިލުން ދީފައިވާ ކަށުކަމާކެމީގެ ހުއްދަ އޮންނަ މީހަކަށްވުން
29 ރަޖަބު 1446ހ.
29 ޖަނަވަރީ 2025މ.