އިޢުލާން
ގޯތި ރަޖިސްޓަރީ ކުރުމާއިބެހޭ
އައްޑޫސިޓީގެ "ބިންވެރިޔާ ޕްރޮގްރާމް 2023" ގެ ދަށުން ފޭދޫއިން ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން ރަޖިސްޓަރީ ކުރުމަށް ހުށަނާޅާހުރި ގޯތިތައް ރަޖިސްޓަރީ ކުރުމަށް 10 ފެބުރުވަރީ 2025 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އަންނަނިވި ލިޔެކިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.
- ގޯތި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު (ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. އަދި ރަސްމީ ގަޑީގައި މިއޮފީހުންވެސް ލިބިވަޑައިގަންނަވާނެއެވެ.)
- ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތީގެ ގުރުއަތު ނަންބަރު ލިޔުމުގެ ކޮޕީ
- ގޯތި ލިބިފައިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
- ރަޖިސްޓަރީ ހެއްދުމަށް -/100 (އެއްސަތޭކަ) ރުފިޔާ ދެއްކުމަށްފަހު، ޓްރާންސްފަރ ސްލިޕް
ފައިސާ ދެއްކުމާ ގުޅޭ މަޢުލޫމާތު:
- ފައިސާ ދައްކަވާނީ މި އެކައުންޓަށް ޓްރާންސްފަރ ކުރައްވައިގެންނެވެ. ޓްރާންސްފަރ ސްލިޕްގައި ގޯތީގެ ވެރިފަރާތުގެ ނަމާއި ގޯތި ނަންބަރު ޖެއްސެވުން އެދެމެވެ.
- އެކައުންޓްގެ ނަން: 1 1277 Revenue
- އެކައުންޓް ނަންބަރު: 7708700341001
- ފައިސާ ދެއްކި ސްލިޕް ވައިބަރ ކުރައްވާނީ 7360031 ނަންބަރަށެވެ.
ނޯޓު: އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 6892018 އިން އަވަށު އޮފީހާ ގުޅުއްވުން އެދެމެވެ.
30 ރަޖަބް 1446
30 ޖަނަވަރީ 2025