އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މަރަދޫ މަދަޙަ މުބާރާތް 1446 އާއި ގުޅޭ

5 ފެބުރުއަރީ 2025     1 month ago


އިޢުލާން

       

މަރަދޫ މަދަޙަ މުބާރާތް 1446 އާއި ގުޅޭ:         
                 1446 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް މަރަދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މަދަޙަ މުބާރާތާއި ގުޅިގެން ޢާއްމު ކުރެވުނު ޤަވާޢިދަށް އަންނަނިވި އިސްލާޙުތައް ގެނެސްފައިވާތީ މި ބަދަލުތައް ޢާއްމުކޮށް ޢިއުލާނުކުރީމެވެ. 

  • ޤަވާޢިދު ނަންބަރު 5 ގެ 5.1 - މުބާރާތުގައި މަދަޙަ ހުށަހެޅޭނީ ހަމައެކަނި ސޯލޯކޮށް ކަމަށް ބަޔާންވެފައިވި ނަމަވެސް އާ ޤަވާއިދުގައިވާ ގޮތުން ބައިވެރިންނަށް ވަކި ވަކިން ސޯލޯކޮށް، ޑުއެޓްކޮށް، އަދި ގްރޫޕް މި 3 ގޮތަށް ވެސް މަދަޙަ ހުށަހެޅުމަށް ބައިވެރިވެވޭނެއެވެ. 
  • ޤަވާޢިދު ނަންބަރު 5 ގެ 5.2 ވަނަ މާއްދާ-  އުމުރުފުރާތަކުގެ ތެރެއިން 4 އަހަރުން ދަށުގެ އުމުރުފުރާ 5 އަހަރުން ދަށުގެ އުމުރުފުރާއަށް ބަދަލުވުން.
  • ޤަވާޢިދު ނަންބަރު 5 ގެ 5.3 ވަނަ މާއްދާ- 5 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެވޭނީ 2024 ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް 5 އަހަރު ނުފުރޭ ކުދިންނަށް.
  • ޤަވާޢިދު ނަންބަރު 6 ގެ 6.3 ވަނަ މާއްދާ- މި މުބާރާތުގައި ހުށަހަޅައިދޭ މަދަޙަތަކުގެ މިންވަރަކީ (ވަކިވަކި ހުށަހެޅުމާއި، ޑުއެޓް އަދި ގްރޫޕް ހުށަހެޅުން ހިމެނޭގޮތަށް) 5 އަހަރާއި 7 އަހަރުން ދަށުގެ އުމުރުފުރާ- 1 މައިގަނޑާއި 1 ކަޑި، އެހެނިހެން އުމުރުފުރާތައް- 2 ކަޑި
  • ޤަވާޢިދު ނަންބަރު 6 ގެ 6.4 ވަނަ މާއްދާ- މުބާރާތުގައި ގްރޫޕް މަދަޙަ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެގްރޫޕެއްގައި މަދުވެގެން 3 މީހުން އަދި ގިނަވެގެން 6 މީހުން ހިމެނުމުގެ ފުރުޞަތު އޮންނާނެ.
  • ޤަވާޢިދު ނަންބަރު 6 ގެ 6.5 ވަނަ މާއްދާ- ވަކިވަކިން ސޯލޯކޮށް މަދަޙަ ހުށަހަޅައިދޭ ބައިވެރިންނަށްވެސް ޑުއެޓް އަދި ގްރޫޕްކޮށް މަދަޙަ ހުށަހެޅުމަށް ބައިވެރިވެވޭނެ.
  • ޤަވާޢިދު ނަންބަރު 6 ގެ 6.7 ވަނަ މާއްދާ-2025 ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮންމެ ބައިވެރިއަކުވެސް ކިޔާ މަދަޙަ މި އިދާރާއަށް ހުށަހަޅަންވާނެ. މި މަދަޙަތައް މި އޮފީހުން އެކުލަވާލާފައިވާ ކޮމިޓީގެ އެހީގައި ބަލާ ފާސްކުރެވޭނެ. ބައިވެރިން ހުށަހަޅައިދޭ މަދަޙަ އޮންލައިންކޮށް (މިކަމަށް ޚާއްސަކުރެވިފައިވާ ގޫގުލް ލިންކު މެދުވެރިކޮށް) ނުވަތަ ލިޔުމުން އޮފީހަށް ހުށަހެޅުމަކީ ބައިވެރިވާ ފަރާތުގެ ޒިންމާއެއް.

މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 2025 ފެބުރުވަރީ 13 ވަނަ ދުވަހުގެ 14:00އެވެ. ކުރިން މުބާރާތުގައި ބައިވެރިވުމަށް ގޫގުލް ފޯމު ފުރިހަމަކުރައްވާފައިވާ ފަރާތްތަކުންވެސް އަލުން ފޯމު ފުރިހަމަކުރަންޖެހޭނެ ވާހަކަ ދެންނެވިން.

ލިންކް: https://forms.gle/rKc5crDhEwQPmDZs8

6 ޝަޢުބާން 1446ހ. 

5 ފެބްރުވަރީ 2025މ



ބާވަތް: އިއުލާން

ނަންބަރ: (IUL)426-3B/426/2025/97

ޕަބްލިޝް ކުރި ތާރީޚް: 05-02-2025

ސުންގަޑި: 2025-02-13 14:00:00