އިޢުލާން
އައްޑޫސިޓީ ވިޔަފާރި ވެރިންގެ ބާޒާރު – ރޯދަ ސޭލް
އައްޑޫސިޓި ކައުންސިލުން އިންޒާމްކޮށްގެން 2025 ފެބްރުއަރީ 21 އިން 2025 ފެބްރުއަރީ 25 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް "އައްޑޫސިޓީ ވިޔަފާރި ވެރިންގެ ބާޒާރު – ރޯދަ ސޭލް" އެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބާޒާރުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކާއި، ވިޔަފާރި ރެޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލައަށް އުފެއްދުންތެރި ކާނާގެ ބާވަތްތަކުގެ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ބާޒާރުގައި ވިއްކޭނީ ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަ ކޮށްފައިވާ ތަކެއްޗެވެ.
މި ބާޒާރުގައި 21 ސްޓޯލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، 17 ސްޓޯލް ވިޔަފާރިތަކަށް ރެޔަކަށް 150/- ރުފިޔާގެ ރޭޓުން އަދި 04 ފުޑް ސްޓޯލް ރެޔަކަށް 200/- ރުފިޔާގެ ރޭޓުން ފީއެއްގެ ގޮތުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބާޒާރުގައި ބައިވެރިވުމަށް އިތުރު ފާރަތްތަކަށް ފުރުސަތު ދޭން ބޭނުންވާތީވެ، 2025 ފެބްރުއަރީ 15 ވާ ހޮނިހިރު ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ގޫގުލް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައި ވާކަމަށް ދަންނަވަމެވެ.
ގޫގުލް ފޯމު ލިންކު:https://forms.gle/6ci3HbbgsTuT3YDd6
11 ޝަޢުބާން 1446
10 ފެބްރުއަރީ 2025