އިޢުލާން
1446ވަނަ އަހަރު ސަޢުދީ ސަރުކާރުން ހަދިޔާކުރައްވާފައިވާ ކަދުރު ބެހުމާއި ގުޅޭ
1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން މިރަށަށް ލިބިފައިވަނީ 2 ކިލޯގެ 160 ޕެކެޓް ކަދުރެވެ. ކަދުރު ބޭނުންފުޅުވެލައްވާ ފަރާތްތަކުން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 14:00 އާއި ދެމެދެ މި އިދާރާއަށް ދުރުވުމުން ކަދުރު ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މިގޮތުން އިސްލާމިކް މިނިސްޓްރީން ލަފާދެއްވާފައިވާ ގޮތުގެމަތިން ކަދުރު ދޫކުރެވޭނީ ބަލާއަންނަ ތަރުތީބުން ލިބިފައިވާ ކަދުރު ހުސްވަންދެން ކަމުގައި ދެންނެވީމެވެ. އަދި ކޮންމެ ގޭބިސީއަކަށް ދޫކުރެވޭނީ 1 ޕެކެޓް ކަދުރު ކަމުގައި ވެސް ދެންނެވީމެވެ.
ވީމާ، ކަދުރާއި ޙަވާލުވުމަށް، ޙަވާލުވާ ފަރާތުގެ އައިޑީ ކާޑާއިއެކު ހުޅުދޫ އަވަށު އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.
12 ޝަޢްބާން 1446
11 ފެބްރުއަރީ 2025