އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - 1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރުބެހުމާ ގުޅޭ - މަރަދޫފޭދޫ އަވަށު އޮފީސް

11 ފެބުރުއަރީ 2025     7 months ago


އިޢުލާން

 

1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރުބެހުމާ ގުޅޭ

               1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން 90 ޕެކެޓް ކަދުރު، މަރަދޫފޭދޫއަށް ވަނީ ލިބިފައެވެ.

              ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ލަފާދެއްވާފައިވާ ގޮތުގެ މަތީން، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން، ލިބިފައިވާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރެވެ.

               ވީމާ، 12 ފެބުރުވަރީ 2025 ވާ ބުދަ ދުވަހުން ފެށިގެން 18 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:00 އަށް މަރަދޫފޭދޫ އަވަށު އޮފީހުން ކަދުރު ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކަދުރާއި ހަވާލުމަށް ވަޑައިގަންނަވާއިރު ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނެސްދެއްވުން އެދެމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ޝައުބާން 1446

11 ފެބުރުވަރީ 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-5B/426/2025/118

ޕަބްލިޝް ކުރި ތާރީޚް: 11-02-2025

ސުންގަޑި: 2025-02-18 13:00:00