އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޢިއުލާން - ހުޅުދޫ އޮފީސްތަކުގެ މަދަހަ މުބާރާތް 1446 އާ ގުޅޭ

16 ފެބުރުއަރީ 2025     1 month ago


ޢިއުލާން
 

ހުޅުދޫ އޮފީސްތަކުގެ މަދަހަ މުބާރާތް 1446 އާއި ގުޅޭ:

        ހުޅުދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ހުޅުމީދޫގެ މުވައްސަސާތަކާއި ޖަމިއްޔާތަކާއި މެދުގައި އެކުވެރިކަން އާލާކުރުމަށް އަދި ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުކުރުމުގެ ގޮތުން ހުޅުދޫ އަވަށު އޮފީހުން ބާއްވާ "އޮފީސްތަކުގެ މަދަހަ މުބާރާތް 1446" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

        މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުމީދޫގެ ހުރިހާ މުވައްސަސާތަކަށާއި ޖަމިއްޔާތަކަށް ވަނީ ހުޅުވާލެވިފައެވެ. މުބާރާތް ރޭވިފައިވަނީ ވަކިވަކި މުވައްސަސާތަކުން އަދި ޖަމިއްޔާތަކުން ސޯލޯކޮށް އަދި ގްރޫޕްކޮށް ވީޑިއޯ ޕްރެޒެންޓޭޝަން ހުށަހަޅާގޮތަށެވެ.

        މިމުބާރާތުގައި ވަނަ ހޮވާނީ ސޯލޯ ޕްރެޒެންޓޭޝަނުން 1 ވަނަ 2 ވަނަ އަދި 3 ވަނަ، ގްރޫޕް ޕްރެޒެންޓޭޝަނުން އެންމެ މޮޅު 01 ވަނަ އަދި މުޅި މުބާރާތުން 01 ވަނަ މުވައްސަސާ ހޮވިގެންދާނެއެވެ. މި މުބާރާތާއި ބެހޭ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގަލް ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 27 ފެބްރުއަރީ  2025 ވަނަ ދުވަހު 14:00 ގެކުރިންނެވެ.

 

17 ޝަޢްބާން 1446

16 ފެބްރުއަރީ 202



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6B/426/2025/104

ޕަބްލިޝް ކުރި ތާރީޚް: 16-02-2025

ސުންގަޑި: 2025-02-27 14:00:00