އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ''ނަމާދު ވޯކްޝޮޕް'' އާ ގުޅޭ

25 ފެބުރުއަރީ 2025     6 months ago


އިޢުލާން
 

''ނަމާދު ވޯކްޝޮޕް'' އާއި ގުޅޭ

       ހުޅުދޫ އަވަށު އޮފީހުން ރަމަޟާން މަހާއި ދިމާކޮށް "ނަމާދު ވޯކްޝޮޕް" ގެ ނަމުގައި ޕުރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕުރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 1 މާރިޗް 2025 އިން 31 މާރިޗް 2025 އަށް މަސްޖިދުލް ޢަބްދުﷲ ބިން އިބްރާހީމް މިސްކިތުގައެވެ. މިގޮތުން މި ޕުރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަވަށުގައި ދިރިއުޅެމުންދާ 13 އަހަރާއި 18 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށް ވަނީ ހުޅުވާ ލެވިފައެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވެ މިޕުރޮގަރާމް ފުރިހަމަ ކުރާ ކުދިންނަށް ހަނދާނީ ލިޔުމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

       ވީމާ މި ޕުރޮގްރާމްގައި ބައިވެރިވުމަށް އެދޭ 13 އަހަރާއި 18 އަހަރާއި ދެމެދުގެ ފިރިހެން ކުދިން 28 ފެބްރުއަރީ 2025 ވާ ބުދަ ދުވަހު 14:00 ގެ ކުރިން މިއޮފީހުގެ ނަންބަރު 7789046 ވައިބަރ ކޮށް ނަން ނޯޓު ކުރުމަށް ދަންނަވަމެވެ.

 

26 ޝަޢްބާން‏ 1446

25 ފެބްރުއަރީ 2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6B/426/2025/156

ޕަބްލިޝް ކުރި ތާރީޚް: 25-02-2025

ސުންގަޑި: 2025-02-28 14:00:00