އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފްލެޓް ސިޑިގޮޅިތެރޭ، ދަތިވާގޮތަށް ތަކެތި ބެހެއްޓުމާއި ގުޅޭ

10 މާރޗް 2025     1 week ago


އިޢުލާން

 

ފްލެޓް ސިޑިގޮޅިތެރޭ، ދަތިވާގޮތަށް ތަކެތި ބެހެއްޓުމާއި ގުޅޭ

ހިތަދޫ ފްލެޓްތަކުގެ ސިޑިގޮޅިތެރޭ ޑިސްޓްރިބިއުޝަން ފޮށި ހުންނަ ދިމާލުގައި، ބައެއް ފަރާތްތަކުން ސައިކަލާއި ބައިސްކަލް ފަދަ އެއްގަމު އުޅަނދު ޕާރކް ކުރުމާއި ތަކެތި ބަހައްޓަމުން ދާތީ ފްލެޓްގައި ދިރިއުޅުއްވާ ފަރާތްތަކަށް އުނދަގޫވާ ކަމުގެ ޝަކުވާ ތަކުރާރުކޮށް މިއޮފީހަށް ލިބެމުންދެއެވެ. އަދި މީގެ އިތުރުން ރީޑިންގ ނެގުމާއި ކަރަންޓް އެކި ކަންކަމުގައި ޑިސްޓްރިބިއުޝަން ފޮށި ހުޅުވައިގެން މަސައްކަތް ކުރުމަށް ދަތިވާތީ ކަމާއިބެހޭ ފަރާތުން މިއޮފީހުގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ.

ސިޑިގޮޅިއަކީ އެފްލެޓަކަށް ވަދެނިކުމެވުމަށް ހުންނަތަން (މައި ދޮރަށް) ވުމާއި، އަދި ޚާއްޞަކޮށް ޑިސްޓްރިބިއުޝަން ފޮށި ކުރިމަތީ ތަކެތި ބެހެއްޓުމުން ދަތިވާތީ، ސިޑިގޮޅިތެރޭ އެއްޗެތި ބެހެއްޓުން މަނާ ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވުމާއެކު، ފްލެޓްގެ ސިޑިގޮޅިތެރޭ އެއްވެސް އެއްޗެއް ޕާރކް ނުކުރެއްވުމަށާއި، ތަކެތި ނުބެހެއްޓެވުމަށް ދަންނަވަމެވެ. އަދި މިއާއި ޚިލާފަށް ތަކެތި ބަހައްޓައި، ޕާރކުކުރާ ފަރާތްތަކާއި މެދު ކަމާއިބެހޭ މުއައްސަސާތަކާ ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެވާހަކަ ޢާންމުކޮށް އެންގުމަޓައި އިޢުލާން ކުރީމެވެ.

10 ރަމަޟާން 1446

10  މާރިޗް  2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2C/426/2025/180

ޕަބްލިޝް ކުރި ތާރީޚް: 10-03-2025

ސުންގަޑި: 2025-03-10 14:00:00