އިޢުލާން
މީދޫ 'ފާންތަރި' މަދަޙަ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވުން
1446 ވަނަ އަހަރު ރަމަޟާން މަހުގެ ދުވަސްތައް ރަމަޟާން މަސް އިހުޔާކުރުމާއި، ދީނީ ޝިޢާރު ފާޅުކޮށް ކީރިތި ﷲ އާއި މާތް ނަބިއްޔާ ގެ މައްޗަށް އޮތް ލޯބި އިތުރު ކުރުމުގެ މަޤްޞަދުގައި މީދޫ އަވަށު އޮފީހާއި ޝާޢިރުންގެ ވާދީ ގުޅިގެން "ފާންތަރި" ނަމުގައި މަދަޙަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 މާރިޗް 20 ވަނަ ދުވަހުގެ 13:00 ގެ ކުރިން ނަން ނޯޓުކުރެއްވުމަށް 7792797 ނުވަތަ 7789041 އަށް ގުޅުއްވުން އެދެމެވެ. ނަންނޯޓު ކުރައްވާ ފަރާތްތަކަށް މުބާރާތުގެ ޤަވާޢިދު ޙިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.
16 ޝަޢުބާން 1446
16 މާރޗް 2025