އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ އެވޯޑް 2016" ތީމް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް

14 ޑިސެމްބަރ 2016     7 years ago


"އައްޑޫ އެވޯޑް 2016"

 

"އައްޑޫ އެވޯޑް 2016" ހަފްލާއަށް ބޭނުންކުރާ ތިރީގައި މިދަންނަވާ ތަކެތި ކަނޑައެޅޭ ތީމަކަށް ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާނު ކުރީމެވެ.

  • ބެކްޑްރޮޕް
  • ޝީލްޑް
  • ބެޖް
  • ހަނދާނީ ލިޔުން
  • މެޑަލް
  • ދައުވަތު ކާޑު.

މިފަދަ ތަކެތި މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތުގެ މައްޗަށް ޑިޒައިންކޮށް ދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2016، ޑިސެންބަރު 17 ވާ ހޮނިހިރު ދުވަހު 11.00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016، ޑިސެންބަރު 25 ވާ އާދިއްތަ ދުވަހުގެ 11.00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފު ކޮށްދިނުމަށް ބާއްވާ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

13 ރަބީޢުލްއައްވަލް 1438

12 ޑިސެންބަރު 2016  



ބާވަތް: އިއުލާން

ނަންބަރ: (MSG)426-CA/426/2016/1620

ޕަބްލިޝް ކުރި ތާރީޚް: 14-12-2016

ސުންގަޑި: 2016-12-25 11:00:00