އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ގޯތި ރަޖިސްޓަރީ ކުރުމާއިބެހޭ

27 އެޕްރީލް 2025     4 months ago


އިޢުލާން

ގޯތި ރަޖިސްޓަރީ ކުރުމާއިބެހޭ

         އައްޑޫސިޓީގެ "ބިންވެރިޔާ ޕްރޮގްރާމް 2023" ގެ ދަށުން ފޭދޫއިން ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން ރަޖިސްޓަރީ ކުރުމަށް ހުށަނާޅާހުރި ގޯތިތަކުގެ ވެރިފަރާތްތަކުން ރަޖިސްޓަރީ ކުރުމަށް 08 މޭ 2025 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އަންނަނިވި ލިޔެކިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

  1. ގޯތި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު (ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. އަދި ރަސްމީ ގަޑީގައި މިއޮފީހުންވެސް ލިބިލައްވާނެއެވެ.)
  2. ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތީގެ ގުރުއަތު ނަންބަރު ލިޔުމުގެ ކޮޕީ
  3. ގޯތި ލިބިފައިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  4. ރަޖިސްޓަރީ ހެއްދުމަށް -/100 (އެއްސަތޭކަ) ރުފިޔާ ދެއްކުމަށްފަހު، ޓްރާންސްފަރ ސްލިޕް
  • ފައިސާ ދެއްކުމާ ގުޅޭ މަޢުލޫމާތު:
  • ފައިސާ ދައްކަވާނީ މި އެކައުންޓަށް ޓްރާންސްފަރ ކުރައްވައިގެންނެވެ. ޓްރާންސްފަރ ސްލިޕްގައި ގޯތީގެ ވެރިފަރާތުގެ ނަމާއި ގޯތި ނަންބަރު ޖެއްސެވުން އެދެމެވެ.
  • އެކައުންޓްގެ ނަން: 1 1277 Revenue
  • އެކައުންޓް ނަންބަރު: 7708700341001
  • ފައިސާ ދެއްކި ސްލިޕް ވައިބަރ ކުރައްވާނީ 7360031 ނަންބަރަށެވެ.

ނޯޓު: އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 6892018 އިން އަވަށު އޮފީހާ ގުޅުއްވުން އެދެމެވެ.

29 ޝައްވާލު 1446

27 އެޕްރީލް  2025



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2025/279

ޕަބްލިޝް ކުރި ތާރީޚް: 27-04-2025

ސުންގަޑި: 2025-05-08 14:00:00